18 ޖުލައި 2017
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ހޯދާފައިވާ ކާމިޔާބީތައް ކުރިއަށް އޮތް 15 އަހަރު މަސައްކަތްކޮށްގެން ނޫނީ ނުހޯދޭނެ ކަމަށާއި އެކަމަކު ޕްރިމިއާ ލީގަށް ވަނުމަށް ކުރާ މަސައްކަތުގައި އޭނާ އަށް ވެސް ވަކި މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ހޯދާފައިވާ ކާމިޔާބީތައް ކުރިއަށް އޮތް 15 އަހަރު މަސައްކަތްކޮށްގެން ނޫނީ ނުހޯދޭނެ ކަމަށާއި އެކަމަކު ޕްރިމިއާ ލީގަށް ވަނުމަށް ކުރާ މަސައްކަތުގައި އޭނާ އަށް ވެސް ވަކި މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޓީސީ އަށް ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީ އަތުން މޮޅުވެ އަދި މާދަމާ ހަވީރު އީގަލްސް އަތުން ގްރީންސްޓްރީޓްސް މޮޅުވެއްޖެ ނަމަ އެވެ. މި މެޗުން ވިކްޓަރީ މޮޅުވެގެން އެ ޓީމަށް ވެސް ފުރުސަތު ލިބޭނެ އެވެ.
ޕްރިމިއާ ލީގަށް ނުވަދެވިއްޖެ ނަމަ ޕްރެޝަރު ބޮޑުވާނީ ކޮން ޓީމަކަށްތޯ އެހުމުން ވިކްޓަރީގެ ކޯޗު ސުޒޭން ބުނީ އޭނާގެ މާޒީގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ފަހަރު ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނަސް އޭނާ ތެޅިގަންނަން ނުޖެހޭ ކަމަށެވެ. އަދި މި ޓީމު ގޮވައިގެން ދެ އަހަރެއްހާ ދުވަހު އުޅެ ކާމިޔާބެއް ނުލިބިއްޖެ ނަމަ ޕްރެޝަރު އޮވެދާނެ ކަމަށް ސުޒޭން ބުންޏެވެ.
ނިޒާމްބެ ބުނީ ސުޒޭނާއި ވިކްޓަރީ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށެވެ.
އެގޮތުން ވިކްޓަރީ އަކީ ދިވެހި ފުޓްބޯޅައިގެ ގަދަބާރެއް ކަމަށާއި ސުޒޭން ހޯދާފައިވާ ކާމިޔާބީތައް ކުރިއަށް އޮތް 15 އަހަރު މަސައްކަތްކޮށްގެން ނޫނިއްޔާ އޭނާއަށް ނުހޯދޭނެ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.
"އެހެން ނަމަވެސް މިހާރުގެ ސިޓުއޭޝަނަށް ބަލަން ޖެހޭނީ. ބަލާފައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް މި ލެވެލް މިހާރު ޕްރެޝާއެއް ނޫން. އަޅުގަނޑު މި ލެވެލް މިހާރު އެކްސްޕީރިއަންސްކޮށްފިން. ކަޕް ފައިނަލް ކުޅެފިން. ލީގުގެ އެއް ވަނަ އަށް ވާދަކޮށްފިން. އެހިސާބަށް ދިޔައިރު މީގައި ލިބޭނެ ހުރިހާ އެކްސްޕީރިއެންސް ލިބިފައޭ މިހިރީ. އެހެންވީމާ ކުރިއަށް އޮތް މެޗަށް ޕްރެޝަރަށް ވުރެ ބޮޑަށް ހިތްހަމަޖެހުމެއް ލިބިގެންދާނީ މެޗު ނިމޭއިރު،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ޓީސީން އެހެން ޓީމަކަށް ބަރޯސާނުވާނެ ކަމަށާއި ޓީސީން ވިސްނާނީ ތިން ޕޮއިންޓް ހޯދަން ކަމަށެވެ.
"ޓީސީއަކުން ނުވިސްނާ އަނެއް މެޗުގައި އަނެއް ބަޔަކު ކޮށްފާނެ ކޮން ކަމެއްތޯ އަނެއް ބަޔަކު ހަދާނީ ކިހިނެއްތޯ. ޓީސީ ބޭނުންވަނީ ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓް. އެ އަޒުމުގައި މިތިބީ. އެ ގޮތަށް މަސައްކަތްކުރާނީ މެޗުގެ ތިން ޕޮއިންޓަށް،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް ސްކޮޑަށް ބަލާއިރު މާޒިޔާ ނަގާފައި ދެން އެންމެ ވަރުގަދަ ޓީމަކީ ވިކްޓަރީ ކަމަށާއި އަމިއްލަ މަސައްކަތުން ނަތީޖާ ނެރެވޭނެ ކުޅުންތެރިން ވެސް އެ ޓީމުގައި އެބަތިބި ކަމަށެވެ.
"އެކަމަކު ޓީސީ މި ހިސާބަށް އައިއިރު ޕާފޯމަންސަށް ބަލާއިރު މި ބުރުގައި ތަފާތުކޮށް ޕާފޮމްކުރަމުން އަންނަނީ. އެހެންވެ ވަރަށް އުއްމީދުގައި މިތިބީ،" ނިޒާމްބެ ބުންޏެވެ.
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
ތަފާތު ބޮޑު މޮޅަކާ އެކު ޓީސީ އަށް އުއްމީދެއް
އީގަލްސްއާ އެއްވަރުވެ ޓީސީ އުނދަގޫ ހާލަތަކަށް
އެންމެ ވާދަވެރި ކުރިމަތިލުން، ޓީސީ އަށް ފައިނަލެއް
މާޒިޔާ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި
"މިއީ ބަލަން ފަސޭހަ ކުޅެން އުނދަގޫ މެޗެއް"
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ނިއު އިން ފަހު ވަގުތު ޓީސީ ބަލިކޮށްފި
ޓީސީ ފޯމުގައި، ޕްރެޝަރު އޮތީ ނިއު އަށް: ނިޒާމްބެ