Roadha Mihaaru
އޭއެޗް ބްރަދާސް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އޭއެޗް ބްރަދާސް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

13 ޖުލައި 2017

އަގުހުރި އިނާމުތަކަކާ އެކު އޭއެޗް ބްރަދާސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ގުރުުއަތުލުން ރޭ ނަގައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

އަގުހުރި އިނާމުތަކަކާ އެކު އޭއެޗް ބްރަދާސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަންގެ ގުރުުއަތުލުން ރޭ ނަގައިފި އެވެ.

އޭޕްރިލް 21 - ޖޫން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިވާން ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބަދިގޭ ސާމާނުން 15 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ވެސް ވަނީ ދީފަ އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އަށް އިނާމަކަށް ކަނޑައަޅާފައިވާ ދުބާއީ ޕެކޭޖް ލިބުނީ އަހްމަދު އައްސަދަށެވެ. މި ޕެކޭޖްގައި ދެ މީހަކަށް ފަސް ދުވަހަށް ދުބާއި ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން ލިބެ އެވެ.

ދެވަނަ އިނާމަކަށް ހުށައެޅި ބެންކޮކްގެ ދެ ކޮޅު ޓިކެޓް ލިބުނީ އާމިރު އަށެވެ. ކޫޕަންކޮޅުގައި އެއް ނަން ޖަހާފައި އޮތުމުން އޭނާގެ ފުރިހަމަ ނަމެއް މީޑިއާއަކަށް ނޭނގެ އެވެ.

ދެ މީހަކަށް ރިސޯޓް ދަތުރެއް ލިބޭ ތިން ވަނަ އިނާމުގެ ނަސީބުވެރިޔަކީ އާމިލާ މުހައްމަދެވެ.

އޭއެޗް ބްރަދާސް އިން ވަނީ ޕްރޮމޯޝަން ތެރޭގައި ކޮންމެ 1500ރ ވިޔަފާރިއަކަށް ވަގުތުން އިނާމު ވެސް ދީފަ އެވެ.

އޭއެޗް ބަރަދާސް އިން ބުނި ގޮތުގައި މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.