12 ޖުލައި 2017
މިއުނިކް (ޖުލައި 12) - ރެއާލް މެޑްރިޑުގެ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.
މިއުނިކް (ޖުލައި 12) - ރެއާލް މެޑްރިޑުގެ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.
މިދިޔަ އަހަރު ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ހަމޭސް އަށް ރެއާލުން ޖާގަ ލިބެނީ މަދު ފަހަރަކު އެވެ. އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ނެގި ރެއާލް ސްކޮޑުން ހަމޭސް ބާކީކުރުމުން އޭނާ އެ ކްލަބް ދޫކޮށްލާން ނިންމި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމޭސް ބަޔާނާ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ގުޅުނުއިރު، އޭނާގެ 25 އިންސައްތަ މުސާރަ ދައްކާނީ ރެއާލުންނެވެ. އަދި މި އެއްބަސްވުމުގެ ދަށުން ލޯން މުއްދަތު ހަމަވުމުން ހަމޭސް ގަތުމުގެ އިހުތިޔާރު ބަޔާނަށް އޮވެ އެވެ.
ބަޔާނުގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ އަކީ ރެއާލް މެޑްރިޑަށް ހަމޭސް ބަދަލުވިއިރު އެ ޓީމުގެ ކޯޗެވެ.
ބަޔާނާ ވާހަކަ ދެއްކުމުގެ ކުރިން ހަމޭސް ވަނީ ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ ޔުވެންޓަސް އަދި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލާ ވާހަކަ ދައްކައިފަ އެވެ. މި ގޮތުން ޕީއެސްޖީއާ ނުގުޅުނީ އޭނާ ބޭނުންވާ މުސާރަ ދިނުމަށް އެ ޓީމުން ދެކޮޅު ހެދުމުންނެވެ. އަދި ލިވަޕޫލުން ހަމޭސް ގަންނަން ލިބުނު ފުރުސަތު ދޫކޮށްލީ ހަމޭސް ބޭނުންވަނީ ލިވަޕޫލާ އެކު އޭނާ ހަދާ އެއްބަސްވުމުގައި ފުރަތަމަ އެގާރައިގައި ވަކި އަދަދަކަށް ސީޒަނުގައި މެޗު ނުކުޅުވައިފިނަމަ އޭނާ އަށް ކްލަބް ދޫކޮށްލުމުގެ އިހުތިޔާރް ދޭން ޖެހޭ ގޮތަށް ހިމެނުމަށް ކަމަށްވާތީ އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވިދާލި ހަމޭސް ރެއާލަށް އެ މުބާރާތަށް ފަހު ރެއާލަށް ބަދަލުވީ 80 މިލިއަން ޔޫރޯ އަށެވެ.
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ރެއާލަށް ކުޅުނު ރޮޑްރިގޭޒް އެނބުރި ސްޕެނިޝް ލީގަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ