10 ޖުލައި 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން މިރޭ ބޭރުކޮށްލީ އެ މައްސަލަތައް މާދަމާ އަށް ފަސްކޮށްދޭން އެދިފައި ވަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިރޭ ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓުން މިރޭ ބޭރުކޮށްލީ އެ މައްސަލަތައް މާދަމާ އަށް ފަސްކޮށްދޭން އެދިފައި ވަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާ ކޯޓުން މިރޭ ބޭރުކޮށްލީ މިރޭ ބާއްވަން ހަމަޖެއްސި އަޑުއެހުމަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރު ނުވުމުންނެވެ. މައްސަލަ ބޭރުކޮށްލަން ނިންމިކަން އިއުލާން ކުރަމުން ކޯޓުން ބުނި ގޮތުގައި ޕީޖީ ވަކީލުން ކޯޓަށް ހާޒިރުވާން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮފީހުގެ ވަކީލުން އެދުނީ އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ އަށް ފަސްކޮށްދޭން ކަމަށާއި މައްސަލަ ބޭރުކޮށްލީ އެގޮތަށް ސިޓީއަކުން އެދިފައި ވަނިކޮށް ކަމަށެވެ. އެކަމަކު އެ މައްސަލަތައް އަލުން ކޯޓަށް ހުށަހެޅުމާ މެދު އަދި ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ބޭރުކޮށްލީ އެ މައްސަލަތައް ކުރިއަށް ގެންދިއުމާ މެދު މިރޭ ގޮތެއް ނިންމަން ހަމަޖެހިފައި ވަނިކޮށެވެ.
އެ މައްސަލަތަައް ބޭރުކޮށްލިޔަސް އަލުން ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހަށް އޮންނާނެ ކަމަށް ކޯޓުން ބުންޏެވެ.
ގާސިމްގެ މައްސަލަތައް އަލުން ކޯޓަށް ފޮނުވަައިފި
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
އިދިކޮޅު މެމްބަރުންގެ ޝަރީއަތް މާދަމާ ފަށަނީ
އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ
އިދިކޮޅު 13 މެމްބަރަކަށް ދައުވާ އުފުލައިފި
ޕީޖީން ހާޒިރު ނުވެގެން ގާސިމްގެ މައްސަލަ ބޭރުކޮށްލައިފި
ގާސިމާއި ރިޔާޒްގެ މައްސަލާގައި ފުލުހުން ވާހަކަ ނުދެއްކި
ގާސިމްގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި
ފުލުހުންނާއި ކޯޓުން ގާނޫނާ ހިލާފުވީ އޮޅިގެން: ގާސިމް
ގާސިމަށް ތިން ދައުވާއެއް ކޮށްފި