20 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރެއްގެ މައްޗަށް ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރެއްގެ މައްޗަށް ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ދައުލަތުން އެކި ދައުވާތައް ކުރި 13 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލިހުގެ އިދާރާ އަށް ވަތް މައްސަލާގައި ފުލުހަށް ހާޒިރުކުރި ނުވަ މެމްބަރުންނާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، އެެ ދުވަހު މަޖިލީހަށް ވަން ތިން މެމްބަރުންނާއި އަދި މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށެވެ.
ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
1- ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
2- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)
3 މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
4- ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
5- ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)
6- ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
7- ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް
8- ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
9- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
10- ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ
11- މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް
12- ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް
13- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް، މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ހައްޔަރުކުރި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން އަދި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
މަޖިލިހުގެ އިދާރާ އަށް ގަދަކަމުން ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކުރި ނުވަ މެމްބަރުންނަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.
މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކުރީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.
ދައުވާކުރި މެމްބަރުންގެ ތެރެއިން ފާރިސް އާއި އަމީތާއި ސައުދު އަދިވެސް ތިއްބެވީ ބަންދުގަ އެވެ.
މެމްބަރުކަމުގެ ގޮނޑި ގެއްްލޭޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެއަށް ވުރެ ކުރު ހުކުމެއް އައިސްގެން ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
އިދިކޮޅު މެމްބަރުންގެ ޝަރީއަތް މާދަމާ ފަށަނީ
އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި
މެމްބަރުންގެ ޝަރީއަތް އަލުން ފަށައި ކޯޓަށް ހާޒިރުކުރަނީ
ވަކީލު ހަމަނުޖައްސާތީ ގާޒީގެ ސުވާލުތައް އަލީ ހުސައިނަށް
ޖަލްސާ އޮތުމުން މެމްބަރުންގެ ޝަރީއަތް ކެންސަލް