25 ސެޕްޓެމްބަރ 2017
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަތް މައްސަލާގައި އިދިކޮޅު 12 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަތް މައްސަލާގައި އިދިކޮޅު 12 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ ޖުލައި 24 ވަނަ ދުވަހު ގަދަކަމުން މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.
މެމްބަރުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ މެމްބަރުންނަށް މިހާރު އަންނަނީ ޗިޓު ފޮނުވަމުންނެވެ. ދައުވާތަކާ ގުޅިގެން ލިޔެކިޔުންތަކާ މެމްބަރުން ހަވާލުވެފައިވާއިރު، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން މާދަމާ އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ.
މަޖިލީހަށް ވަން މައްސަލާގައި، ދައުވާ ކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ މައްޗަށެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
ސައުދާއި އަމީތާއި ވަހީދާ ދެކޮޅަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. ދެ ދައުވާ ސާބިތުވެއްޖެނަމަ، މެމްބަރުންނަށް ހަތަރު މަހަށް ވުރެ ބޮޑު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސްގެ މައްޗަށް ވަނީ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ އިތުރުން ޝަހްސު އޮޅުވާލި ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ.
މެމްބަރުކަމުގެ ގޮނޑި ގެއްްލޭޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެއަށް ވުރެ ކުރު ހުކުމެއް އައިސްގެން ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ
އިދިކޮޅު 13 މެމްބަރަކަށް ދައުވާ އުފުލައިފި
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި
މެމްބަރުންގެ ޝަރީއަތް އަލުން ފަށައި ކޯޓަށް ހާޒިރުކުރަނީ
ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް