14 މެއި 2018
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަލުން ފަށައި ބައެއް މެމްބަރުން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަލުން ފަށައި ބައެއް މެމްބަރުން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ދައުވާ އުފުލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ހުރަސްއެޅި މައްސަލައިގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މަޖިލީހަށް ވަނުން ސަލާމަތީ ބާރުތަކުން މަނާކޮށްފައި އޮއްވައި ގަދަކަމުން ވެންނެވި ކަމަށް ބުނެ އެވެ. މި މައްސަލައިގައި 12 މެމްބަރުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މި ޝަރީއަތް މެދުކަނޑާލާފައި އޮތުމަށް ފަހު، އިއްޔެ ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ޝަރީއަތް ފަށައިފަ އެވެ. ދައުވާއާ ގުޅިގެން އޭނާ އަށް ވަނީ ވަކީލަކު އައްޔަންކުރަން ދެ ދުވަސް ދީފަ އެވެ.
މި ދައުވާ އަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މާދަމާ 10 ޖަހާ އިރަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ކަަމަށް އެ ދެ މެމްބަރުން ވިދާޅުވި އެވެ.
Received a Criminal Court summons for 10 am 15 May. 12 Opposition MPs scheduled to appear in court for "entering the Parliament" on 24 July 2017. pic.twitter.com/7hy9ia8Eot
— Abdulla Shahid ? (@abdulla_shahid) May 13, 2018
އިދިކޮޅު މެމްބަރުންގެ މައްސަލަ އަލުން ފެށުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލު ތަނަވަސްކުރުމަށްޓަކައި، އެ ދައުވާތައް ހުއްޓާލަން ޖެހެ އެވެ.
MDP MP @aslamdp, my recently appointed Presidential primary campaign manager, has been summoned to the criminal court. The ongoing political persecution of opposition members must stop in order for free and fair elections to take place.
— Mohamed Nasheed (@MohamedNasheed) May 13, 2018
އިދިކޮޅު 12 މެމްބަރުންގެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟
ވަކީލު ހަމަނުޖައްސާތީ ގާޒީގެ ސުވާލުތައް އަލީ ހުސައިނަށް
ޖަލްސާ އޮތުމުން މެމްބަރުންގެ ޝަރީއަތް ކެންސަލް
އެއްފަހަރާ ކޯޓަށް ގެންދިއުން ގާނޫނު ތަނެއް ނުދޭ:ސުއޫދު
އިދިކޮޅު 12 މެމްބަރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
އިދިކޮޅު މެމްބަރުންގެ ޝަރީއަތް މާދަމާ ފަށަނީ
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި
ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: ޕާޓީތައް
12 މެމްބަރުންނަށް ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ