Roadha Mihaaru
ގާސިމްގެ މައްސަލަތައް އަލުން ކޯޓަށް ފޮނުވަައިފި

ގާސިމަށް ދައުވާކުރާ މައްސަލަތައް އަލުން ކޯޓަށް ފޮނުވައިފި

12 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމަށް ދަައުވާކުރި ތިން މައްސަލަ މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުން އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަލުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމަށް ދަައުވާކުރި ތިން މައްސަލަ މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުން އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަލުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކުރި މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލީ އާދިއްތަ ދުވަހުގެ ރޭ ބާއްވަން އޮތް އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުންނެވެ.

ޕީޖީ އޮފީހުން މިިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލީ އެ ރޭގެ އަޑުއެހުން ޖެހިގެން އޮތް ދުވަހަށް ފަސްކޮށްދޭން އެ އޮފީހުން އެދިފައި ވަނިކޮށް ކަމަށާއި އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވިއިރު ގާސިމްގެ ވަކީލުން ވަނީ އެ ދައުވާ އަލުން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށް އެ މައްސަލަ ބެލި ބެންޗުގެ ދެ ގާޒީން ކަމަށްވާ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އެހެން ކޯޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ. ގާޒީ ޝަކީލް ބަދަލުކުރީ ފެމިލީ ކޯޓަށެވެ.