ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
12 އެޕްރީލް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މިހާރު ޖަލުގައި ހުންނެވި ގާސިމްގެ މަައްޗަށް ދައުވާކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކަމަށް، ޕީޖީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ގާސިމްގެ މައްސަލަ ޕީޖީން ކޯޓަށް މި ފޮނުވީ ކުރިން ހުށަހެޅި މައްސަލަ ފުލުހުން އަނބުރާ ގެންދިއުމަށް ފަހު، ގާސިމް ހައްޔަރުކޮށް ހިންގި ތަހުގީގުތަކާ އެކު އަލުން ޕީޖީ އަށް ހުށަހެޅުމުންނެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އެހީވާނެ ކަމަށް ވިދާޅުވުމުންނެވެ. ފުލުސް އޮފީހަށް އޭނާ ފުރަތަމަ ހައްޔަރުކުރީ އެއީ މެމްބަރުންނަށް ރިޝްވަތު ހުށަހަޅަން އުޅުއްވި ކަމަށް ތުހުމަތުކޮށްފަ އެވެ.
ގާސިމްގެ ބަންދަށް އިތުރުކުރި ހަ ދުވަސް ހަމަވާތީ މިއަދު އަނެއްކާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމުން ހުށަހެޅި އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ވެސް މިއަދު އޮންނާނެ އެވެ.
ގާސިމާ މެދު ފުލުހުން އަމަލުކުރަނީ ތަފާތުކޮށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގާސިމް މަޖިލީހަށް ހާޒިރުކޮށް ނުދިނުމާއި އާއިލީ ބައްދަލުވުންތައް ނުދޭ މައްސަލާގައި އެ ކޯލިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލުކޮށްފަ އެވެ.
ގާސިމްގެ މައްސަލަތައް އަލުން ކޯޓަށް ފޮނުވަައިފި
ގާސިމްގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި
ފުލުހުންނާއި ކޯޓުން ގާނޫނާ ހިލާފުވީ އޮޅިގެން: ގާސިމް
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
ގާސިމް ފުރުވާލުން ލަސްވާތީ އާއިލާ އިން ކަންބޮޑުވެއްޖެ
ގާސިމް ޖަލަށްލިޔަސް ލީޑަރުން ހުހެއް ނުވާނެ: އިބޫ