ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލިޔަސް އިދިކޮޅު ސިޔާސީ ލީޑަރުން ހުސްވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
25 އޯގަސްޓް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލިޔަސް އިދިކޮޅު ސިޔާސީ ލީޑަރުން ހުސްވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގާސިމަށް ހުކުމްކުރީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށާއި އެއީ އޭގެ މަގްސަދަކީ ސިޔާސީ ހަރަކާތްތަކުން ގާސިމް ދުރުކުރުން ކަމަށެވެ. އެކަމަކު އެ ހުކުމް ކުރިޔަސް އިދިކޮޅު ލީޑަރުން ހުސް ނުުވާނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ރައީސް ޔާމީން ގަބޫލު ކުރައްވައިގެން ނުވާނެ ލީޑަޝިޕް ހުސްވެދާނެ ކަމަށް. އެހެންހީވާ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ގޯހެއް. އެއް ބަޔަކު ނެތިއްޔާ އަބަދުވެސް އަނެއް ބަޔަކު ތިބޭނެ. ދެން ނިކުންނަން ޖެހިއްޖެއްޔާ ނިކުންނާނެ ބޭފުޅުން މިތިއްބެވީ،" ކައިރީގައި ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް ކުރި އެ ހުކުމާ އެކު، އޭނާ އަދާ ކުރައްްވަމުން ގެންދަވާ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ހުސްވީ އެވެ. އެކަމަކު އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވޭނީ އެ ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމުމުންނެވެ.
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް
ޝައްކު ނުކުރައްވާ، ހުވާ ކުރައްވާނީ އިބޫ: ގާސިމް
ހެދިފައި އޮތީ ނުތަކާވަރުގެ ކޯލިޝަނެއް: ރައީސް ޔާމީން
އޮޅުންބޮޅުން: މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ؟
ރަނިންމޭޓަކަށް ވާދަކުރުމުގެ ވިސްނުމެއް ނެތް: އައިޝާ
ރަނިންމޭޓަކީ އައިޝާއެއް ނޫން، އިދިކޮޅަށް ހިތްހަމަޖެހުން
ކޯލިޝަންގައި މިފަހަރު މައްސަލަ ނުކުތުން ކުޑަވާނެ: އިބޫ
ރަނިންމޭޓަކަށް އަންހެނަކު ބަލައިގަންނަން އަދާލަތަށް ދަތި