06 ޖުލައި 2017
މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ބާއްވަން ކުރިން ހަމަޖެއްސި ނަމަވެސް އެ ފޯރަމް ބާއްވާނެ ތަނެއް އަދި ކަނޑަނާޅާ ކަމަށާއި ނަމަވެސް މި އަހަރުގެ ފަހުކޮޅު އެ ފޯރަމް ބާއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ބާއްވަން ކުރިން ހަމަޖެއްސި ނަމަވެސް އެ ފޯރަމް ބާއްވާނެ ތަނެއް އަދި ކަނޑަނާޅާ ކަމަށާއި ނަމަވެސް މި އަހަރުގެ ފަހުކޮޅު އެ ފޯރަމް ބާއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ އިރު މި އަހަރު އިންވެސްޓްމަންޓް ފޯރަމް ބާއްވާނެ ތަނެއް ކަނޑައަޅާފައިވޭތޯ "މިހާރު"ން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ ފޯރަމް ބާއްވާނެ ތަނެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ވާހަކަ ދައްކާއިރު ވެސް ޔަގީންވާނެ ރާއްޖޭގެ ވިޔަފާރިވެރިންކަން އެންމެ ބޮޑަށް ބައްލަވަން ބޭނުންފުޅުވާނީ އިންވެސްޓްމަންޓް ފޯރަމް ދެން އޮންނާނެ ތަނެއް. އިންވެސްޓްމަންޓް ފޯރަމްތަކުން މިއަދު ރާއްޖެ ވަރަށް ބޮޑަށް މާކެޓް ކުރެވިއްޖެކަން. އޭގެ އެއް ނަތީޖާ މިއަދު ވެސް މި ފެންނަނީ،" އެއާޕޯޓްގައި ހިންގާ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވި އެވެ.
ގަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިލި އިރު އިގްތިސާދީ ގުޅުން ކަނޑައިނުލީ ކީއްވެތޯ އާއި ސިޔާސީ ގުޅުން ކަނޑާލުމުން ރާއްޖެ އަށް އެއްވެސް ހީނަރުކަމެއް އައިތޯ ދެންނެވުމުން ސީދާ ޖަވާބެއް ނުދެއްވައި، ސައީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށާއި މި ސަރުކާރަކީ ވަރަށް ވިސްނުންތެރި ހިކުމަތްތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ސަރުކާރެއް ކަމަށެވެ.
"މިއަދު ދިވެހިރާއްޖެ އަށް ލިބިފައި އޮތް ނަސީބަކީ ރައީސް ޔާމީން ފަދަ ހިކުމަތްތެރި، ކަންކުރަން ކެރޭ ވިޝަނަރީ ލީޑަރެއް ހުރިކަން. އެހެންވީމަ އަޅުގަނޑުމެން އެ މަނިކުފާނަށް 2018 ހޯދުމަށްޓަކައި މިހާ މި މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި
"ހަރަދު ކުޑަ ކުރަން ރިފޯމުގެ މަސައްކަތް ފަށައިފިން"
މެޑިކަލް، ސްޕޯޓްސް، އެޑިއުކޭޝަން ޓޫރިޒަމް ގެންނަނީ
ޕްރޮޖެކްޓްތައް ހިންގާނީ ދަރަނި ބޮޑުނުވާނެ ގޮތަށް:ސައީދު
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
އާ ކައުންސިލްގެ ބޭނުމަކީ ދެކޮޅުޖެހޭ އާމްދަނީއެއް ހޯދުން
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތްވެސް ނުކުރޭ
މިއީ ދިވެހިން ފަޚުރުވެރިވާނެ ރަންވޭއެއް: ސައީދު
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ