06 ޖުލައި 2017
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަކޮށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓު، ރީބްރޯޑްކާސްޓް ކުރި މައްސަލާގައި 500،000 ރުފިޔާއިން މީޑިއާ ނެޓު ޖޫރިމަނާ ކުރި މައްސަލަ އަލުން ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަނުގައި އެތަނުން އެދެފި އެވެ.
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަކޮށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓު، ރީބްރޯޑްކާސްޓް ކުރި މައްސަލާގައި 500،000 ރުފިޔާއިން މީޑިއާ ނެޓު ޖޫރިމަނާ ކުރި މައްސަލަ އަލުން ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަނުގައި އެތަނުން އެދެފި އެވެ.
މީޑިއާނެޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ބްރޯޑްކޮމް އިން އެތަން ޖޫރިމަނާ ކުރި އިރު ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި އެކަންކަން އަލުން ބަލައިދޭން ކޮމިޝަނުގައި އެދިފައިވާއިރު މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްޗެއް ބުނަން އެނގޭނީ ކޮމިޝަނުން ދޭ ޖަވާބަކަށް ފަހުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުން ޖޫރިމަނާ ދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓަށް ދިނީ އެއް މަހުގެ މުހުލަތެކެވެ. އެ މުއްދަތު ހަމަވާނީ މި މަހު 15ގަ އެވެ.
ބްރޯޑްކޮމް އިން މީޑިއާ ނެޓް ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓަންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި މީޑިއާ ނެޓުގެ އެގްޒެކްޓިވް ޑިރެކްޓަ ފައިނޭންސް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެފައި ވަނީ ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ކުރިން، ބްރޯޑްކޮމުން އެ ތަނުގެ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށެވެ.
ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ ރާއްޖޭގައި ބްރޯޑްކާސްޓަރުން އެ މީހުންގެ ދައުރު އަދާކުރަނީ ވަރަށް އުނދަގުލުން އަދި ބޮޑެތި ގޮންޖެހުންތަކަކާ އެކު ކަމަށެވެ. އެ މަސައްކަތްކުރަން ކޮމިޝަންގެ އެއްބާރުލުމާއި ހިމާޔަތް ބޭނުންވި ނަމަވެސް، އޭގެ ބަދަލުގައި އެތަނުން ކުރަނީ ޖޫރިމަނާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އަބުރާ ބެހުމަކީ އަދި އަބުރާ ބެހެވެނީ ކިިހިނެއްކަން ވެސް [ބްރޯޑްކާސްޓަރުންނަށް] ނޭނގި އޮއްވައި، އަދި ބްރޯޑްކޮމް އިން ދޭން ޖެހޭ އެއްބާރުލުމާއި ސަޕޯޓް ނުދެވޭ ހާލުގައި، މިކުރާ ކަމަކީ ބޮޑެތިހެން ހީވާ، ޖޫރިމަނާތައް ކުރަނީ. އެކަން އެބަ ޖެހޭ ހުއްޓާލަން،" އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކުރި ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުން ހަނިވާކަން ފާހަގަކުރައްވަމުން ނާޝިދު އެރޭ ވިދާޅުވި އެވެ.
ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކޮމް: ނާޝިދު
މީޑިއާނެޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މީޑިއާ ނެޓުން ފަސް ލައްކަ ރުފިޔާ ދައްކައިފި
ބޭރުގެ ކޮންޓެންޓްތަކަށް އިމްތިޔާޒެއް ނުލިބޭ: ބްރޯޑްކޮމް
މީޑިއާ ނެޓް ފަސް ލައްކައިން ޖޫރިމަނާ ކުރީ ރަނގަޅަށް
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި
މީޑިއާ ނެޓު ޖޫރިމަނާކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
އެއް މިލިޔަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
އުމަރުގެ އަބުރާ ބެހުނު މައްސަލަ ބްރޯޑްކޯމް އިން ބަލަނީ