Roadha Mihaaru
ޕީޕީއެމްގެ ވެރިންގެ އިސްތިއުފާ އަށް ސަލީމް ގޮވާލައިފި

ޕީޕީއެމްގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ރެޑްވޭވް ސަލީމް ގޮވާލައްވައިފި

03 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދުމަކީ ވެރިކަން ކުރާ ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދެއްވަންޖެހޭ ކަމެއް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް) މިއަދު ވިދާޅުވެއްޖ އެވެ.

މަސީހާ ދެކޮޅަށް 45 މެމްބަރަކު ސޮއިކުރެއްވިއިރު، އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަސީހާ ދެކޮޅަށް މިހާ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް ލިބުމަކީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.

"މިއީ އެކަށީގެންވާ ގޮތެއްގައި ޕީޖީ ގުރޫޕް ނުބެލެހެއްޓުމުގެ ނަތީޖާ،" ސަލީމް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސަލީމް ސޮއެއް ނުކުރައްވަ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.