Roadha Mihaaru
ރެޑްވޭވް ސަލީމްގެ ބަހުގެ ހަމަލާތަކެއް އޭޖީ އަނިލް އަށް

މެމްބަރު ސަލީމްގެ ބަހުގެ ހަމަލާތަކެއް އޭޖީ އަނިލް އަށާއި ސަރުކާރަށް

17 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރުމުގެ ކުރިން، އެ މައްސަލައިގައި އޭދަފުށީގެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް)ގެ ބަހުގެ ހޫނު ހަމަލާތަކެއް ސަރުކާރަށާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ދެއްވައިފި އެވެ.

ދައުލަތުގެ ފަރާތުން އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގްރޫޕްގައި މެމްބަރުންގެ މެދުގައި ދެއްކެ ވާހަކަތަކެއްގައި ސަލީމް ވިދާޅުވީ "އޭޖީ އަނިލް އަކީ ތަސައްރަފު ނުފުދޭ 12 އަހަރުން ދަށުގެ ކުޑަކުއްޖެއް" ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މުލީއާގޭގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި (ވ-ކ) ބަންޑާރަ ނައިބު އަނިލް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން އަދި ޓޫރިޒަމް މިނިސްޓަރު ޒަމީރު.---މިހާރު ފައިލް ފޮޓޯ

"މި ކަހަލަ ލަފާދޭ މީހުން އެއީ ކަނޑުކޮހުން. މި ކަހަލަ މީހުން މިހާރުން މިހާރަށް ބޭރުކުރަން ވީ،" ސަރުކާރަށާއި ޕީޕީއެމްގެ އެކި ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.

ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި ސަލީމް ވިދާޅުވީ އެއީ "މިތަން ހަލާކު ކުރާ މީހުން" ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން މެމްބަރުން "ގަންނަ" ކަމަށް މެމްބަރަކު ވައިބާ ގުރޫޕްގައި ވިދާޅުވި އެއްޗަކާ ގުޅިގެން ސަލީމް ވިދާޅުވީ "ކުރިން މީހުން ގަތީ ވެސް އަޅުގަނޑުމެން" ކަމަށާއި މިހާރު ދައްކަނީ ކޮން ވާހަކަތަކެއް ކަމަށެވެ. އަދި ދެކޮޅު ޖެހޭ ވާހަކަ ދެއްކުމަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގައި ތިއްބަވަނީ މޮޔައިން ކަމަށް ނުހެދުމަށް ސަލީމް އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގގައި ހިމެނޭ ޕީޕީއެމްގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެ އަދި ވަކި ކޮށްފައިވާ އިރު، ސަލީމް ވިދާޅުވީ ވިޕްލައިނާ ޚިލާފުވެގެން ގޮނޑި ގެއްލޭ ނަމަ، ޕީޕީއެމްގައި ހުންނަވާކަށް ވެސް ބޭނުން ނުވާ ކަމަށެވެ.

"މިހާރު ވެސް އިސްތިއުފާ ދީފާނަން... ލިބޭ އެއްޗަކަށް ވުރެ ފަސް ގުނަ އިތުރަށް ޚަރަދުކޮށްގެން މިއުޅެނީ،" ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީގެ ދާއިރާގެ މެމްބަރުކަމުގެ ދެ ވަނަ ދައުރު ގުނަމުން އަންނަ ސަލީމް ވިދާޅުވި އެވެ.

އޭނާ ވައިބާ ގުރޫޕްގައި ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގުރޫޕް އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށާއި އެކަމަކު އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް ތާއީދު ކުރައްވާ މެމްބަރުންނަށް އަމާޒު ކުރައްވައި ސަލީމް ކުރެއްވީ ސުވާލެކެވެ.

"ރަނގަޅޭ ބުނާ މީހުން ކޯޗެއް އެނގިގެންތޯ ތި ރަނގަޅޭ ބުނަނީ."

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް އަމާޒު ކުރައްވައި ސަލީމް ވިދާޅުވީ "ނިހާން ތީ ބޯ ހަމަ މީހެއްތޯ؟،" އެވެ.

ސަލީމްގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވެސް ވަނީ އޭޖީ އަނިލްއާ ގުޅޭ ގޮތުން ސަލީމް ދެއްކެވި ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ވައިބާ ގުރޫޕްގައި މެސެޖް ކުރައްވައިފަ އެވެ.

(ވ-ކ) ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ރައީސް އަބްދުﷲ ޔާމީން، ޕީޖީ އާއިޝަތު ބިޝާމް އަދި ބަންޑާރަ ނައިބު އަނިލް. -- ފޮޓޯ: ރައީސް އޮފީސް

(ވ-ކ) ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ރައީސް އަބްދުﷲ ޔާމީން، ޕީޖީ އާއިޝަތު ބިޝާމް އަދި ބަންޑާރަ ނައިބު އަނިލް. -- ފޮޓޯ: ރައީސް އޮފީސް

ރަޝީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަލާކު ކުރި ގޮތަށް، "އެހެން ތިބި މީހުން ވެސް ހަލާކުކޮށްފައި ނޫނީ މި މީހުން ދުލެއް ނުކުރާނެ" ކަމަށެވެ.

"މި މީހުންނަށް ވާ ވަރު މި މީހުން ތިބޭނީ ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވިއްކާ މުދަލެއް ނޫން ކަމަށް ވިދާޅުވެ ނިހާން ކުރެއްވި ޓްވީޓް ވައިބާ ގުރޫޕްގައި ނިހާން އަމިއްލަ އަށް ޝެއާ ކުރެއްވުމުން އެއަށް ރައްދު ދެއްވައި ރަޝީދު ވިދާޅުވީ "ވިއްކާ މުދާ ގަނެގެން ވެސް ނުވާނެ" ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރޫ ގުރޫޕުގެ ވައިބާގައި ސަލީމް ސަރުކާރަށާއި ޕީޕީއެމަށް ކެނޑިނޭޅި ފާޑު ވިދާޅުވަމުންދާ އިރު، އެ ޕާޓީގެ ވައިބާ ގްރޫޕް ވެސް މިދިޔަ ހުކުރު ދުވަހު ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ އޭނާ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.