03 ޖުލައި 2017
މިއީ އިންޓަނެޓް ފޯރަމްތަކުގައި ވަރަށް ގިނައިން ކުރާ ސުވާލެކެވެ. ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ހަނދަށް ނުދެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދީފައި ވެސް ހުރެ އެވެ. ގިނަ މީހުން ބުނަނީ ހަނދަށް ދެން ދިއުމަކީ ބޭނުން ކަމެއް ނޫން ކަމަށެވެ.
މިއީ އިންޓަނެޓް ފޯރަމްތަކުގައި ވަރަށް ގިނައިން ކުރާ ސުވާލެކެވެ. ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ހަނދަށް ނުދެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދީފައި ވެސް ހުރެ އެވެ. ގިނަ މީހުން ބުނަނީ ހަނދަށް ދެން ދިއުމަކީ ބޭނުން ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގައި ހުރިހާ ކަމެއް ހަމަޖެހެމުން ދަނީ ޓެކްނޮލޮޖީން ލިއްބައިދޭ ފަސޭހައަކުން ނޫނެވެ. ދިރިއުޅުމުގެ ވަކި ދާއިރާއެއްގައި ޓެކްނޮލޮޖީ ފަސޭހަތައް "ދެން ހެވޭ" ބުނާ ވަރު ނަމަވެސް، އަޅައިނުލެވި ކިތަންމެ ކަމެއް ފަސްވެ ދާން ދޫކޮށްލެވެ އެވެ. އެމެރިކާ މީހުން ބުނާ ގޮތުގައި ދެވަނަ ފަހަރަށް ހަނދަށް ދާން ޖެހޭ ވަރުގެ ރޫހެއް މިހާރު ނެތީ އެވެ.
މި މައުލޫއު އަށް ވާހަކަދެއްކި ގިނަ މީހުން ބުނަނީ އެމެރިކާ މީހުން ހަނދަށް ދިޔައީ އެދުވަސްވަރު ރޫސީ ވިލާތާއި އެމެރިކާއާ ދެމެދު އޮތް ޖައްވީ ރޭސް ކާމިޔާބުކުރަން ކަމަށެވެ. އެކަން ވެއްޖެ އެވެ. ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ސާބިތުކުރީ އެމެރިކާ މީހެކެވެ. ރަޝިޔާ މީހެއް ނޫނެވެ.
ދުނިޔެ ތަޖުރިބާކުރި ފިނި ހަނގުރާމައިގެ ދުވަސްވަރު، ސީދާ ގޮތުގައި ހަތިޔާރު ބޭނުންނުކޮށް ކުރެވެން ހުރި ހުރިހާ ޖެއްސުމެއް ގައުމުތަކުން ކުރި އެވެ. ފިކުރީ ގޮތުންނާއި، އިގުތިސޯދީ ގޮތުން، މާލީ ގޮތުން އަދި ސިޔާސީ ގޮތުން ދަތިކޮށް، ވާދަވެރި ގައުމުތަކުން އެއް ބަޔަކު އަނެއް ބަޔަކަށް ހުރަސްއެޅި އެވެ. އެއީ ފިނި ހަނގުރާމައިގެ ދުވަސްވަރޭ ކިޔުނީ ވެސް ހަތިޔާރު ބޭނުންކޮށް، އަދި ލޭ އޮހޮރުންތައް ހިންގާފައި ނުވާތީ އެވެ. ނަމަވެސް އެހެން ހުރިހާ މައިދާނެއްގައި، ޚާއްސަކޮށް ޓެކްނޮލޮޖީން ކުރިއަރައި ދާން އެމެރިކާ އަދި ރޫސީވިލާތުން ވާދައިގެ ސަފަށް ނިކުތެވެ.
ޖައްވުގައި ބާރުގަދަކޮށް މަރުކަޒެއް ބިނާކުރަން ދެ ގައުމުން ކުރި މަސައްކަތުގައި، އެންމެ ފުރަތަމަ ޖައްވަށް އެއްޗެއް ފޮނުވީ ރޫސީންނެވެ. އެއީ "ސުޕުޓްނިކް 1" އެވެ. ބޯޅައެއް ކަހަލަ ވައް އަދި ވަރަށް ކުޑަ އުޅަނދެކެވެ. އޭގެ ތިން އަހަރު ފަހުން އެމެރިކާއިން އުޅަނދެއް ހަނދަށް ފޮނުވައި، ރޭސް ކާމިޔާބުކުރި އެވެ.
ޖައްވަށް އުޅަނދެއް ފޮނުވުމަކީ ހިތަށް ނުގެނެވޭ ވަރުގެ ބުރަ މަސައްކަތެކެވެ. އަދި ހަނދަށް އިންސާނުން ފޮނުވުމަކީ އެ އަށް ވުރެ ހާސް ގުނަ ބުރަ ކަމެކެވެ. އެމެރިކާއިން އުޅަނދެއް، އިންސާނުންނާ އެކު، ހަނދަށް ފޮނުވި ކަމަށް އެނގެން އޮތީ 1961 ވަނަ އަހަރު އެވެ. އެ ޒަމާނުގައި ޖައްވީ ޓެކްނޮލޮޖީގައި ހުންނާނެ ފެންވަރު ވިސްނާލާށެވެ. މިހާރު ތިޔަ ގެންގުޅޭ ސްމާޓްފޯނުން ވެސް އުޅަނދެއް އުދުއްސާލެވިދާނެ އެވެ.
ޓެކްނޮލޮޖީ މިހާ ސްމާޓް ދުވަސްވަރެއްގައި ހަނދަށް އުޅަނދެން ނުފޮނުވިގެން އުޅެނީއެއް ނޫނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އެ ފޯރި ނެތީ އެވެ. ވާދަވެރިކަމެއް ވެސް ނެތެވެ. އެއީ އަގު ބޮޑު މަސައްކަތެކެވެ. އެހާ ގިނަ ފައިސާ ޚަރަދުކޮށްގެން ހަނދަށް ދާންވީ ކޮން ބަޔަކަށް ދައްކަންތޯ ވެސް ސުވާލުކުރެ އެވެ.
އެކަމަކު މާސްގައި އިންސާނީ ދަރިފަސްކޮޅު އާބާދުކުރަން ކުރާ މަސައްކަތްތަކުގައި، އެންމެ ފުރަތަމަ މަރުކަޒެއް ބިނާކުރާނެ ކަމަށް ވަނީ ހަނދުގަ އެވެ. ހަނދުގައި މަރުކަޒެއް ބިނާކުރުމަކީ ހާދަހާ ގިނަ ފައިސާ އެވެ. މަރުކަޒު އަޅަން ބޭނުންވާ މުދާ އުފުލައި، ގޮސް އައިސްވުމަށް ގިނަ ދަތުރުތަކެއް ކުރަން ޖެހެ އެވެ.
ޖައްވީ ދަތުރުގެ އަގު ހެޔޮ ނިޒާމެއް އީޖާދުކުރެވޭތޯ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. އޭގެ ގޮތްޕެއް ގޮތުގައި، ސްޕޭސްއެކްސްގެ ޗީފް އެގްޒެކެޓިވް އީލޮން މަސްކް ކުރައްވާ މަސައްކަތްތައް ފާހަގަކުރަން ޖެހެ އެވެ. ޖައްވަށް ޓޫރިސްޓުން ގެންދިއުން، ފިނިބުރު ޖެހުން ފަދަ ހަރަކާތްތައް ހިންގެން އޮތީ ޚަރަދު ކުޑަ ނިޒާމެއް ގާއިމްކުރެވުނު ދުވަހަކުންނެވެ.
ޖައްވުގައި ޕާން ފިހަނީ
ދުނިޔޭގެ "އެންމެ ބާރުގަދަ" ރޮކެޓް ޓެސްޓް ކާމިޔާބު
ބުދަދުވަހު ޕީޓްގެ ސްޕޭސް އަށް ފުރަނީ
އެންމެ ބޮޑު މަތިންދާބޯޓް
ހަނދަށް ގެންގޮސްދީބަލަ!
ޖައްވީ ދާއިރާއާ ގުޅޭ "ކާމަން ވީކް" އަންނަ ހަފްތާގައި
2025 ގައި ޖައްވުގައި ހޮޓަލެއް ހުޅުވަނީ
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ހަތަރު ދަތުރުވެރިންނާ އެކު ސްޕޭސް އެކްސް ޖައްވުގައި
ދެ މަހުޖަނުންގެ ޖައްވީ ދަތުރު ބޮޑު ވާދަޔަކަށްވެއްޖެ