Roadha Mihaaru
އަޅުގަނޑު ބޭނުމީ އޭސީސީއަށް ހާޒިރުވާން: މައުމޫން

އޭސީސީން އަންނާނެ ކަމެއް ނެތް، އަޅުގަނޑު ބޭނުމީ ހާޒިރުވާން: މައުމޫން

23 ޖޫން 2017

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ސުވާލުކުރަން ބޭނުންވާތީ، ބޭނުންފުޅު ވަނީ އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ސުވާލުކުރަން ބޭނުންވާތީ، ބޭނުންފުޅު ވަނީ އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން މިހެން ވިދާޅުވީ މައުމޫން އޭސީސީއަށް ހާޒިރު ނުކުރާނެ ކަމަށާއި އޭސީސީން މައުމޫންގެ އަރިހަށް ދާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

"އަޅުގަނޑު އޭސީސީ އަށް ހާޒިރުވާނަން. އޭސީސީން އަންނާނެ ކަމެއް ނެތް. މީޑިއާ ވެސް އެ ތަނުގައި ތިބެން ވާނެ. ގައުމަށް މިކަން ފެނި، އެނގެން ޖެހޭނެ. ހަގީގަތް އެނގުމަކީ ރައްޔިތުންނަށް އޮތް ހައްގެއް،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ތީމުގެގޭ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން މައުމޫން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ. ނަމަވެސް އޭސީސީގެ ރައީސް ވިދާޅުވީ މައުމޫން އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

މައުމޫން ވިދާޅުވީ އޭސީސީން ބަލަންޖެހޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ސިއްރުކުރައްވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

"މައުމޫންގެ އަރިހަށް އޭސީސީން ގޮސް ބަޔާން ނަގާނީ. މައުމޫން ވިދާޅުވާ ތަނަކަށް ގޮސް އެ ބަޔާން ނަގާނީ. އެހެންވެ އެބޭފުޅާއާ އޭސީސީން ބައްދަލު ކުރުމަށް އެދިފައި އޮންނާނެ. އޭސީސީން ދާންވީ ތަން ވެސް ކަނޑައަޅުއްވާނީ މައުމޫން،" ލުތުފީ ވިދާޅުވި އެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.