09 ޖުލައި 2017
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައި ސިޔާސީ މަސްރަހު ހޫނުވެފައި ވަނިކޮށް، މައުމޫން ސިންގަޕޫރަށް މި ފުރާވަޑައިގަތީ އާއިލީ ބޭނުންފުޅެއްގަ އެވެ.
ބޭރަށް ފުރާވަޑައިގަންނަވާކަން މައުމޫން ވަނީ ސިޓީފުޅަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވައިފަ އެވެ. ސަބަބަކީ ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މައުމޫންއާ ގުޅުން ހުރި ކަންތައްތަކެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނާތީ އެވެ އެ ތަހުގީގަށް ސުވާލުކުރަން މައުމޫންގެ އަރިހަށް އޭސީސީން ދާން އުޅުމުން އެމަނިކުފާނު ބޭނުންފުޅުވީ އަމިއްލަފުޅަށް އޭސީސީ އަށް ހާޒިރުވެވަޑައިގަތުމަށެވެ. އެކަމަކު އެއީ އޭސީސީން އަމަލުކުރަމުން އަންނަ އުސޫލުތަކާ ޚިލާފުކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މައުމޫންގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްޓަކައި އެއާޕޯޓަށް ވަޑައިގަތުމަށްޓަކައި މިރޭ މާލޭގެ ރަސްމީ ފާލަމުގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވި ސިޓީފުޅުގައި މައުމޫން ވިދާޅުވީ، ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ހޭދަކުރައްވާނީ ގާތްގަނޑަކަށް 10 ދުވަސް ކަމަށެވެ. މި ދަތުރުފުޅަށް ފަހު އެނބުރިވަޑައިގަތުމުން އެމަނިކުފާނުގެ ބަޔާން ނެގުމަށް ވެސް މައުމޫން ވަނީ އެދިވަޑައިފަ އެވެ.
މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަންދެން އިންޑި އާއި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު މައުމޫން މާލެ ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.
ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ
މައުމޫންގެ ބަޔާން އޭސީސީން ނަގައިފި
މައުމޫން ހާޒިރުވުމަކީ ގަވައިދާ ފުށުއަރާކަމެއް: އޭސީސީ
މި ހަފުތާގައި އޭސީސީ އަށް ހާޒިރުވެވިދާނެ: މައުމޫން
އަޅުގަނޑު ބޭނުމީ އޭސީސީއަށް ހާޒިރުވާން: މައުމޫން
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް
މައުމޫން އޭސީސީ އަށް ހާޒިރެއް ނުކުރާނެ: ލުތުފީ
މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި
ގައުމުތަކުގައި ޑިމޮކްރަސީގެ އުސޫލް އަށަގަންނަވަން ޖެހޭ
އިންޑިއަން އޯޝަން ކޮންފަރެންސަށް މައުމޫނަށް ދައުވަތު