ދުރާލައި ފައިސާ ދެއްކުމުން އަގު ބޮޑު ސާމާނު ގެނެސްދޭ ކަމަށް ބުނެ ފޭސްބުކްގައި ހިންގާ ޕްރީއޯޑާޑޮޓްއެމްވީ ޕޭޖާ ދެމެދު ވިޔަފާރީގެ އެއްވެސް މައްސަލައެއް ޖެހިފައިވާ ނަމަ ފުލުހުންނަށް އެކަން ރަސްމީކޮށް ހުށަހަޅަން އެ އިދާރާ އިން މިރޭ އަންގައިފި އެވެ.
20 ޖޫން 2017
ދުރާލައި ފައިސާ ދެއްކުމުން އަގު ބޮޑު ސާމާނު ގެނެސްދޭ ކަމަށް ބުނެ ފޭސްބުކްގައި ހިންގާ ޕްރީއޯޑާޑޮޓްއެމްވީ ޕޭޖާ ދެމެދު ވިޔަފާރީގެ އެއްވެސް މައްސަލައެއް ޖެހިފައިވާ ނަމަ ފުލުހުންނަށް އެކަން ރަސްމީކޮށް ހުށަހަޅަން އެ އިދާރާ އިން މިރޭ އަންގައިފި އެވެ.
ޕްރީއޯޑާ އެމްވީ ޕޭޖުން ބައެއް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފުލުހުން ވަނީ ފައިސާ ހޯދައި ވެސް ދީފަ އެވެ
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޕްރީ އޯޑާއާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ވިޔަފާރިއާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައިވާނަމަ އެކަން އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރީއޯޑާގެ ހަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުގް އޭގެ ތެރެއިން އެއް މައްސަލައަކާ ގުޅުން ހުރި މީހެއް ކުރިން ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އެ މީހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭގެ ފަހުން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
އެކި ކުންފުނިތަކުގެ ނަމުގައި ގުޅައި، އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ހޯދަމުންދާ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވި އެވެ.
ފަރުނީޗަރު ޕޭޖަކުން މަކަރުހަދާތީ ސަމާލުވާން އެދިއްޖެ
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ
ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ސްކޭމެއްގައި ބައިވެރިކުރުވީ ބިރުދައްކައިގެން ކަމަށްބުނެފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފަޒުލް އަށް އަދި އެއްވެސް ތުހުމަތެއް ނުކުރަން: ފުލުހުން
ފޭކް ސްލިޕެއް ފޮނުވައިގެން 28،000ރ. އަތުލައިފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި