18 އޮކްޓޯބަރ 2024
ޑޮލަރު ވިއްކުމަށް ކަމަށް ބުނެ ފޭކް ސްލިޕެއް ފޮނުވައިގެން 28،000ރ. އަތުލި މީހަކު ހައްޔަރުކޮށްފި އެވެ.
ޑޮލަރު ވިއްކުމަށް ކަމަށް ބުނެ ފޭކް ސްލިޕެއް ފޮނުވައިގެން 28،000ރ. އަތުލި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޒައިދާން މުހައްމަދު ހާޝިމް ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން އިއްޔެ ނެރުނު އަމުރުގައިވަނީ އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުގެ އަމުރުގައިވަނީ ޑޮލަރު ވިއްކުމަށް ކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން 28،000ރ. މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ތުހުމަތުވާ ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ފައިސާ އަނބުރާ ރައްދު ކޮށްފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ފައިސާ ގެއްލުނު ފަރާތުން ޒައިދާންގެ އާއިލާއާ ވާހަކަ ދެއްކި ކަމަށާއި އަދި އެ އާއިލާއިން އެ ފައިސާ އަނބުރާ ދައްކަން އެއްބަސްވެފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރަން ނިންމައިފަ އެވެ.
އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުލުމުގެ މައްސަލަތަކުގައި މީގެކުރިން ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.
ސްކީމް ހިންގި އަލްހާނާއި ދެ ކޮއްކޮއަށް ދައުވާކޮށްފި
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް
އޮޅުވާލައިގެން ދެ މިލިއަން ހޯދުމުން ހަ އަހަރަށް ޖަލަށް
ފޭކްސްލިޕް ފޮނުވައިގެން މުދާ ހޯދި މީހަކު ޖަލަށް
އިންނާނެ ކަމަށް ބުނެ ގެންގޮސް، ފައިސާ އަތުލައިފި
ފޭކް ސްލިޕެއް ދީފައި އައިފޯނެއް ހޯދި މީހަކު ޖަލަށް
ސައްހަ ނޫން ކާޑަކުން ބައި މިލިއަން ދެއްކުމުން ޖަލަށް
ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް
ޕްރީއޯޑާ އެމްވީގެ ވެރިޔާ ހަތަރު އަހަރަށް ގޭ ބަންދަށް
ފަރުނީޗަރު ޕޭޖަކުން މަކަރުހަދާތީ ސަމާލުވާން އެދިއްޖެ