09 އެޕްރީލް 2022
އޯޑަރުކޮށްގެން ގެނައި އައިފޯނަކަށް ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ފޭކް ސްލިޕެއް ފޮނުވި މީހަކު 10 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޯޑަރުކޮށްގެން ގެނައި އައިފޯނަކަށް ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ފޭކް ސްލިޕެއް ފޮނުވި މީހަކު 10 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހު، ރާއްޖޭގައި ފޯނު ގެނެސް ވިއްކާ ފިހާރަކަށް އޮންލައިންކޮށް އައިފޯން 11 އަށް މީހަކު އޯޑަރު ދިނުމަށްފަހު އެ ފޯނު ގެނައުމުން 13،500ރ. ގެ ފޭކް ސްލިޕެއް އެ ކުންފުންޏަށް އޭނާ ފޮނުވި އެވެ.
އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔުމުގެ ތެދުުކަން ދެއްކުމުގެ ދައުވާ އާއި އެހެން މީހެއްްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެ ދެ ދައުވާއަށް ވެސް އޭނާ ކޯޓުގައި އެއްބަސްވުމުން މިދިޔަ ބުދަ ދުވަހު ކޯޓުން ހުކުމްކުރީ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގައި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.
އަގުހުރި މުދާ ހޯދުމަށްފަހު ފޭކް ސްލިޕް ފޮނުވި އެހެން މައްސަލައެއްގައި ދާދިފަހުން ވެސް އެހެން މީހަކު ޖަލަށްލާން ހުކުމްކުރި އެވެ. އެފަދަ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް
އޮޅުވާލައިގެން ދެ މިލިއަން ހޯދުމުން ހަ އަހަރަށް ޖަލަށް
ފޭކްސްލިޕް ފޮނުވައިގެން މުދާ ހޯދި މީހަކު ޖަލަށް
އިންނާނެ ކަމަށް ބުނެ ގެންގޮސް، ފައިސާ އަތުލައިފި
ސައްހަ ނޫން ކާޑަކުން ބައި މިލިއަން ދެއްކުމުން ޖަލަށް
ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
ސައިކަލުތަކުގައި ރޯކޮށްލި މީހާ ބަންދަށް
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް