Roadha Mihaaru
އިންނާނެ ކަމަށް ބުނެ ގެންގޮސް، ފައިސާ އަތުލައިފި

ކައިވެނިކުރާނެ ކަމަށް ބުނެ ގެއަކަށް ގެންގޮސް، 16،000ރ. އަތުލައިފި

17 އެޕްރީލް 2022

ކައިވެނި ކުރާނެ ކަމަށް ބުނެ ފިރިހެނަކު ގެއަކަށް ގެންގޮސް، ބިރު ދެއްކުމަށްފަހު 16،000ރ. އަތުލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކައިވެނި ކުރާނެ ކަމަށް ބުނެ ފިރިހެނަކު ގެއަކަށް ގެންގޮސް، ބިރު ދެއްކުމަށްފަހު 16،000ރ. އަތުލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން މާލޭގެ ގެއަކަށް މީހަކު ގެންގޮސް ވަޅިން ބިރު ދެއްކުމަށްފަހު ފައިސާ އަތުލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްދީފަ އެވެ.

އަނިޔާ ލިބުނު ފިރިހެން މީހާގެ ބަޔާނުގައިވާ ގޮތުން، އެ ގެއަށް އޭނާ ގެންދިޔައީ އޭނާއާ ކައިވެނި ކުރާނެ ކަމަށް ބުނެ އެވެ. އަދި އެ ގެއަށް ދިއުމުން ވަޅިން ބިރުދެއްކުމަށްފަހު އޭނާގެ ކޭޝް ކާޑު އަތުލުމަށްފަހު އެ ކާޑު ބޭނުންކޮށްގެން 16،000ރ. ނަގާފައިވާ ކަމަށް އޭނާގެ ބަޔާނާ ހަވާލާދީ ކޯޓުގެ އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުއްޓެވެ.

މީގެކުރިން ވެސް މިގޮތަށް އޮޅުވާލައިގެން ގޭގެއަށް ގެންގޮސް ބިރުދެއްކުމަށްފަހު ފައިސާ އަތުލި މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެ އެވެ.