Roadha Mihaaru
ބަނގުރާ މައްސަލާގައި ހައްޔަރުކުރި މުއާ ގޭ ބަންދަށް

ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރި މުއާ ގޭ ބަންދަށް ބަދަލުކޮށްފި

17 ޖޫން 2017

ބަނގުރަލުގެ މައްސަލައެއްގައި ރޭ ފަތިހު ހައްޔަރުކުރި، މަޝްހޫރު ފިލްމީ ތަރި އަދި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަނގުރަލުގެ މައްސަލައެއްގައި ރޭ ފަތިހު ހައްޔަރުކުރި، މަޝްހޫރު ފިލްމީ ތަރި އަދި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މުއާ ފަސް ދުވަހަށް ގޭ ބަންދުކުރަން ނިންމީ، ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން، ކްރިމިނަލް ކޯޓުން ކަމަށެވެ. މއ. ގޮމަށިގޭގައި ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތުކުރެވިގެން މުއާގެ އިތުރުން ފިރިހެނަކާއި ދެ އަންހެނުން ވެސް ހައްޔަރުކުރި އެވެ.

އެނގިފައިވާ ގޮތުގައި ކޯޓުން އެ ތިން މީހުން ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކުރިއިރު، ކޮންމެވެސް ވަރަކަށް ރާ ހުރި ހަތަރު ފުޅި ވެސް އެތަނުން ފެނިފައިވެ އެވެ. ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި މުއާ މަސައްކަތް ކުރަމުން ދިޔައީ ދެ ވަނަ ފަހަރަށެވެ. އެންމެ ފުރަތަމަ އެ މަގާމުގައި ހުއްޓައި އޭނާ ވަކިކުރީ އެވެ. އެކަމަކު ފަހުން އަނެއްކާ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމަށް ހަމަޖެއްސީ އެވެ.