Roadha Mihaaru
ފިލްމީ ތަރި މުއާ ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރު

ފިލްމީ ތަރި މުއާ ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

17 ޖޫން 2017

މަޝްހޫރު ފިލްމީތަރި އަދި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) އާއި އިތުރު ބަޔަކު، ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަޝްހޫރު ފިލްމީތަރި އަދި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) އާއި އިތުރު ބަޔަކު، ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ ފަތިހު، މއ. ގޮމަށިގޭގައި ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި މުއާ ވެސް ހިމެނޭ ކަމަށެވެ. އެ މައްސަލައިގައި ދެން ހައްޔަރު ކުރީ ފިރިހެނަކާއި ދެ އަންހެނުންނެވެ.

ފުލުހުން ބުނި ގޮތުގައި ކޮންމެވެސް ވަރަކަށް ރާ ހުރި ހަތަރު ފުޅި ވެސް އެތަނުން ފެނިފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި މުއާ މަސައްކަތް ކުރަމުން ދިޔައީ ދެ ވަނަ ފަހަރަށެވެ. އެންމެ ފުރަތަމަ އެ މަގާމުގައި ހުއްޓާ އޭނާ ވަކިކުރީ އެވެ. އެކަމަކު ފަހުން އަނެއްކާ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމަށް ހަމަޖެއްސީ އެވެ.