14 ޖޫން 2017
ބޫޓާން އަތުން އިއްޔެ ލިބުނު ތިން ޕޮއިންޓާ އެކު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ކުރިއަށް ފިޔަވަޅެއް އެޅިއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ބޫޓާން އަތުން އިއްޔެ ލިބުނު ތިން ޕޮއިންޓާ އެކު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ކުރިއަށް ފިޔަވަޅެއް އެޅިއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
އަލީ ފާސިރު (ސެންޓޭ)ގެ ޕެނަލްޓީ އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ ލަނޑުތަކުން ރާއްޖެ ވަނީ 2-0 އިން އިއްޔެ ބޫޓާން ބަލިކޮށްފަ އެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން ބަލިވެފައިވުމުން ރަށުން ބޭރުގައި ބޫޓާން އަތުން މި ހޯދި ތިން ޕޮއިންޓާ އެކު ރާއްޖެ އަށް ހަމަޖެހުމެއް ވަނީ ލިބިފަ އެވެ.
ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފަލަސްތީން އޮތީ ރޭ 2-1 އިން އޮމާން އަތުން ހޯދި މޮޅާ އެކު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮމާނާއި ތިން ވަނައިގައި އޮތް ރާއްޖެ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އޮމާނަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
"އަހަރެމެންނަށް ހުރިހާ ގޮތަކުން މި މެޗު އޮތީ މުހިއްމުވެފައި. ފުރަތަމަ މެޗުން ބަލިވުމުން މި މެޗުން ނަތީޖާ ނެރެންޖެހޭތީ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮތް. ކުޅުންތެރިންގެ ހިތްވަރުން ބޫޓާން އަތުން މި ހޯދި ތިން ޕޮއިންޓާ އެކު މިއީ އަހަރެމެންނަށް ކުރިއަށް އެޅުނު ފިޔަވަޅެއް،" ސްޓެވާޓް ބުންޏެވެ.
ބޫޓާން ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އަކުރަމް (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ބޫޓާން އެފްއޭ
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމަކީ އެންމެ ބޮޑު އެއް ޓާގެޓް ކަމަށް މީގެ ކުރިން ސްޓެވާޓް ވަނީ ބުނެފަ އެވެ.
ކޮލިފައިންގެ ކޮންމެ ގްރޫޕަކުން ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމަކަށެވެ. ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވުމުން މި ގްރޫޕްގެ ފޭވަރިޓަކަށް މިހާރުވެފައި ވަނީ ފަލަސްތީނެވެ. ދެން އޮތް ޖާގައަށް ރާއްޖެ ވާދަކުރަން ޖެހޭނީ އޮމާންއާ އެވެ. ފުރަތަމަ ދެ މެޗުން ލަނޑެއް ނުޖެހި ބަލިވެފައިވާ ބޫޓާނަށް މިހާރު ވެސް ވަނީ އޭޝިއަން ކަޕްގެ ފުރުސަތު ވަރަށް ހަނިވެފަ އެވެ.
ރާއްޖެ ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހު އޮމާންގެ މަސްކަޓްގަ އެވެ.
"ވަޒީފާ ގެއްލުނަސް ކުޅުންތެރިން ބަދުނާމު ނުކުރާނަން"
އަތޮޅުތަކުން އައި ކުޅުންތެރިން ތަފާތެއް ނުކުރަން: ކޯޗު
ކުޅުންތެރިންނަށް ތައުރީފް ކުރިއިރު، ކޯޗު މާޔޫސްވެފައި
އަމިއްލަ ދަނޑުގައި އޮމާން ބަލިކުރެވޭނެ: ގައުމީ ކޯޗު
އެންމެ އުނދަގޫ މެޗަށް ގައުމީ ކޯޗުގެ ބޮޑު ޓާގެޓެއް
"ކޮލިފައިންގައި ކުރިއަށްދާން ބޫޓާން ބަލިކުރަން ޖެހޭ"
މިއީ ޓީމުގެ އިތުބާރު ބޮޑުކުރަންވީ ވަގުތު: ސްޓެވާޓް
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ވަރުގަދަ ޓީމުތަކާ ކުޅެން ކުޅުންތެރިން ޖެހިލުމެއް ނުވޭ