Roadha Mihaaru
ލަންކާގައި ދިވެހި ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ

ސްރީ ލަންކާގައި ދިވެހި ކުއްޖަކު މަރުވި މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި

12 ޖޫން 2017

ސްރީ ލަންކާގައި ދިރިއުޅެމުން ދިޔަ ހަތަރު އަހަރުގެ ދިވެހި އަންހެންކުއްޖަކު މަރުވި މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގައި ދިރިއުޅެމުން ދިޔަ ހަތަރު އަހަރުގެ ދިވެހި އަންހެންކުއްޖަކު މަރުވި މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

ރާއްޖޭގެ ފުލުހުން ބުނީ މިދިޔަ ހަފުތާގައި ލަންކާގައި މަރުވި އެ ކުއްޖާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ގޮތް ދިވެހި ފުލުހުން ވެސް ބަލަމުން އަންނަ ކަމަށެވެ.

"މި މަރުގެ މައްސަލަ އަޅުގަނޑުމެން ވެސް މި އަންނަނީ ވަރަށް ގާތުން ބަލަމުން،" ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި އެވެ.

ކުއްޖާގެ މަރުގެ މައްސަލަ ލަންކާގެ ފުލުހުން ބަލަނީ އެކަމުގައި ޝައްކުތަކެއް ހުރުމުން ކަމަށް އެނގިފައިވެ އެވެ. އެކަމަކު ޝައްކު އުފެދުނީ ކޮން ކަމާ ހެދި ކަމެއް އަދި ނޭނގެ އެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ކުއްޖާ ލަންކާގައި އުޅެމުން ދިޔައީ އޭނާގެ މަންމައާ އެކު އެވެ. ކުއްޖާގެ ބައްޕަ ހުރީ މާލޭ ޖަލުގައި ކަމަށް ވަނީ އެނގިފަ އެވެ. ދެމަފިރިންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.