Roadha Mihaaru
ހަކުރު ނުކައި ހުރި މީހާ 70 އަހަރުގައި ވެސް ޒުވާން

ހަކުރު ނުކައި ހުރި މީހާ 70 އަހަރުގައި ވެސް ޒުވާން

06 ޖޫން 2017

ކެރޮލީން ހާޓްޒް އަކީ ފޮނި އެއްޗިއްސަށް ދެވި ހިފާފައިހުރި މީހެކެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ދިރިއުޅުމުގެ ވައްޓާފާޅި ބަދަލުކޮށްލައި ފޮނި އެއްޗެހި ކެއުން މުޅިން ހުއްޓާލަން ނިންމި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކެރޮލީން ހާޓްޒް އަކީ ފޮނި އެއްޗިއްސަށް ދެވި ހިފާފައިހުރި މީހެކެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ދިރިއުޅުމުގެ ވައްޓާފާޅި ބަދަލުކޮށްލައި ފޮނި އެއްޗެހި ކެއުން މުޅިން ހުއްޓާލަން ނިންމި އެވެ.

އޭގެ ފަހުން މިހާރު 28 އަހަރު ވެއްޖެ އެވެ. ނަތީޖާ ފެންނަނީ ވަރަށް ރަނގަޅަށެވެ. އުމުރުން 70 އަހަރު ވީ އިރު ވެސް މި އަންހެންމީހާ ފެންނަނީ ވަރަށް ޒުވާންކޮށެވެ. ފޮނި އެއްޗިއްސަށް އެހާ ވަރު ހުރި މީހަކު ކުއްލިއަކަށް އެ ހުއްޓާލެވުނުކަން ވެސް އެއީ ގިނަ ބަޔަކު ވަރަށް ހައިރާންވި ކަމެކެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް ހައިރާންވީ އެގޮތުގައި އެތައް އަހަރެއް ހޭދަ ކުރީމަ އެވެ.

ހާޓްސް ބުނަނީ ކާ ވަގުތުތަކުގައި، ޚާއްސަކޮށް ހެނދުނުގެ ނާސްތާގައި ޕްރޮޓީން ހުންނަ ކާނާ ގިނައިން ކެއުމަކީ އޭނާގެ ހަށިގަނޑަށް މިހާ ރަނގަޅު ބަދަލެއް ގެނެވުމުގެ ސަބަބު ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އެއްވެސް އެއްޗަކާ މުޅިން ދުރުވުން ރަނގަޅެއް ނޫނެވެ. އަދި އެއީ ކުރުމުން ދުރުހެލިވާން ޖެހޭނެ ކަމެއް ކަމަށް އޭނާ ދެކެ އެވެ. މުހިއްމު ކަމަކީ ކާ މިންވަރު ކޮންޓްރޯލްކުރުން ކަމަށް އޭނާ ބުންޏެވެ.

މުސްކުޅިވުމަކީ މެޓަބޮލިޒަމް ވެސް ލަސްވާ ކަމެކެވެ. އެހެންވެ އުމުރުން ދުވަސްވާ ވަރަކަށް، ކާ އެއްޗިއްސަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހެ އެވެ.

ހަކުރު ކެއުމާ އެއްކޮށް ދުރުގައި އޭނާ ހުރީ ކިހިނެއް ހެއްޔެވެ؟ ހާޓްޒް ބޭނުންކުރީ ޒައިލިޓޯލް ކިޔާ ސްވީޓްނާއެއް ބޭނުންކުރީ ކަމަށެވެ. މިއީ ހަކުރުގެ ބަދަލުގައި ބޭނުންކުރާ ނެޗުރަލް އެއްޗެކެވެ. ޒައިލިޓޯލް އާއްމުގޮތެއްގައި ހުންނަނީ ބެރީޒް އާއި ބައެއް ތަރުކާރީގަ އެވެ.

ހާޓްޒް ގަވާއިދުން ސަންސްކްރީން ހާކަ އެވެ. އަވީގައި ގިނަ އިރު ނޫޅެ އެވެ. ނޭފަތް މަތީގައި ކެންސަރު އުފެދި އެބައި ނަގަން ޖެހުނުއިރު ހާޓްޒް އަށް އެންމެ 30 އަހަރެވެ. އޭގެ ފަހުން ސިއްހަތާ މެދު އޭނާ އެއްގޮތަކަށް ވެސް ފަރުވާ ކުޑައެއް ނުކުރެ އެވެ.