05 ޖޫން 2017
މަދަނީ މައްސަލައެއް "އޮޅުވާލައިގެން" އަނބުރާ ގެންދިއުމަށް ފަހު އެ މައްސަލަ އަލުން ހުށަހެޅުމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
މަދަނީ މައްސަލައެއް "އޮޅުވާލައިގެން" އަނބުރާ ގެންދިއުމަށް ފަހު އެ މައްސަލަ އަލުން ހުށަހެޅުމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
މީހެއްގެ އަތުން 2.4 މިލިއަން ރުފިޔާ ހޯދަން މީހަކު ކުރި ދައުވާ ކުރި އަށް ނުގެންދެވޭނެ ކަމަށް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ކުރިން އެ މައްސަލަ ހުށަހަޅައިގެން މައްސަލަ ހިނގަނިކޮށް ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ މިދިޔަ ޑިސެމްބަރު މަހު އެ ދައުވާ އަނބުރާ ގެންގޮސްފައިވާތީ އެވެ.
އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ދެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އޭރު މައްސަލަ އަނބުރާ ގެންދިޔަސް ދައުވާ ލިބޭ ފަރާތުން ކޯޓުގައި ބުނެފައިވާ ގޮތުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އޭރު ވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަދި ކުރިން ހުށަހެޅި މައްސަލައިގެ ދައުވާ ފޯމުގައި ސޮއި ކޮށްފައިވާ ތާރީޚާއި މި މައްސަލައިގެ ދައުވާ ފޯމުގައި ސޮއިކުރި ތާރީޚުގެ ގޮތުގައި ވެސް ފޯމުގައި އޮތީ އެއް ތާރީޚެކެވެ. އަދި އެ ދެ ފޯމުގައިވާ ލިޔުމުގެ އިބާރާތުގައި ވެސް އެއްވެސް ތަފާތެއް ނެތެވެ.
ކޯޓުގެ ނިންމުމުގައިވަނީ ދައުވާ އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅުމުން އެ މައްސަލަތައް ބަލަމުން އަޔަސް އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެ ފަދަ ގޮތަކަށް އެކަމުގައި ޝަރީއަތުން ކަންކަން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ. ކުރިން ދައުވާ އަނބުރާ ގެންދިޔަ ސަބަބަކީ ހަގީގަތެއް އޮތް ސަބަބަކަށް ވާންޖެހޭނެ ކަމަށާއި އެހެން ނޫނީ އެކަން ވެގެންދާނީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ހުކުމުގައިވެ އެވެ.
ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ކޯޓުން ބޭޭރުގައި މައްސަލަ ހައްލު ކުރަން ކަމަށް ބުނި އިރު އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހެންވެ، އެކަށީގެންވާ ސަބަބެއް ނެތި އެ ދައުވާ އަނބުރާ ގެންދިއުމަކީ ދައުވާ ދޫކޮށްލުން ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ. ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ އެ ދައުވާ ކުރުމުގެ ހައްގު އެ ފަރާތަށް މިހާރު ލިބިގެންނުވާ ކަމަށެވެ.
މީގެ ކުރިން ސިވިލް ކޯޓުން ވަނީ މަގްބޫލު ސަބަބެއް ނެތި ދައުވާ ލަސް ކުރުމަށް ފަހު، 11 އަހަރު ފަހުން ދައުވާ ކުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އެގޮތަށް ނިންމާފައިވަނީ ބޭރުގެ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
އެސްޓީއޯއަށް 1.7 މިލިއަން ދޭން ސްޓްރާޑާއަށް ޖެހިއްޖެ
މަދަނީ އިޖްރައާތު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް!
ލޯބިވެރިޔާ އަތުން ހޯދި 82،000ރ. ދޭން ޖެހިއްޖެ
ސިވިލް ކޯޓުގެ އަޑުއެހުންތައް އޯޑިއޯކޮށް ގެންދަނީ
ޝަރީއަތަށް ނުގޮސް ޑިސްޕިއުޓުން ގިނަ މައްސަލަ ހައްލުވި
ސިވިލްކޯޓުން އެންމެގިނަ މައްސަލަ ނިންމީ މިދިޔަ ހަ މަހު
ދައުވާ ކުރުން ލަސްވުމުން މުސްތަފާ ސަލާމަތްވެއްޖެ
ޑިސްޕިއުޓްގެ ގިނަ މައްސަލަ ޝަރީއަތަށް ނުގޮސް ނިންމުނު