05 ޖޫން 2017
ރޯދަ މަހު އިރުއޮއްސި ބަންގި ގޮވާއިރު މާލޭގެ ބައެއް މަގުތަކުން މި ޒުވާނުން ފެންނާނެ އެވެ. އެ މީހުންގެ މަސައްކަތަކީ ބަންގި ގޮވާއިރު ރޯދަ ވިއްލަން ގެއަށް ނުފޯރާ މީހުންނަށް ރޯދަ ވީއްލަން އެހީތެރިވެދިނުމެވެ. ފެން ފުޅިއެއް ނުވަތަ ކަދުރުކޮޅަކާ އެކު ދުވާލަކު ގާތްގަނޑަކަށް 200 މީހުންނަށް އެހީތެރިވެދެ އެވެ.
ރޯދަ މަހު އިރުއޮއްސި ބަންގި ގޮވާއިރު މާލޭގެ ބައެއް މަގުތަކުން މި ޒުވާނުން ފެންނާނެ އެވެ. އެ މީހުންގެ މަސައްކަތަކީ ބަންގި ގޮވާއިރު ރޯދަ ވިއްލަން ގެއަށް ނުފޯރާ މީހުންނަށް ރޯދަ ވީއްލަން އެހީތެރިވެދިނުމެވެ. ފެން ފުޅިއެއް ނުވަތަ ކަދުރުކޮޅަކާ އެކު ދުވާލަކު ގާތްގަނޑަކަށް 200 މީހުންނަށް އެހީތެރިވެދެ އެވެ.
މިއީ ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނަށް އިސްލާމް ދީނުގެ މައުލޫމާތުދީ، ދީނުގެ ސުންނަތްތަކާއި ރިވެތި އާދަތައް ދިރުވަން މަސައްކަތް ކުރާ ގުރޫޕެއް ކަމަށް ވާ "ޓީމް ދައުވާ މޯލްޑިވްސް" އިން ކޮންމެ ރޯދަ މަހަކު ކުރާ ކަމެކެވެ. އެ މީހުން މިކަން ކުރާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ.
ޓީމު ދައުވާގައި އިސްކޮށް އުޅޭ ހާތިމް ޔޫސުފް ބުނިގޮތުގައި 2014 ގައި އެކަން ކުރަން ފެށީ، އަވަހަށް ރޯދަ ވީއްލުމުގެ ސުންނަތް ދިރުވުމުގެ ގޮތުންނެވެ.
މަގުމަތިން ދިޔަ މީހަކަށް ރޯދަ ވީއްލަން ފެނާއި ކަދުރު ދެނީ
"އަޅުގަނޑުމެންނަށް ފާހަގަވީ ހަވީރު ފިންޏަށް ނިކުމެ އުޅޭ މީހުން ނުވަތަ ޓެކްސީ ޑްރައިވަރުން ބަންގި ގޮވާއިރު ވެސް ގެއަށް ނުދެވި މަގުމަތީގައި އުޅޭތަން. އެހެންވެ، އެ މީހުންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިކަން ފެށީ،" ހާތިމް ބުންޏެވެ.
ރޯދަ ވީއްލަން ދެނީ ފެންފުޅިއަކާއި ކަދުރުކޮޅެކެވެ. މާލޭގެ ތިން ސަރަހައްދެއްގައި 12 ވަރަކަށް ޒުވާނުން އުޅޭ އިރު ކޮންމެ ތަނަކުން ވެސް 60 ހަކަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ތަންތަނުގައި ވެސް އެ ޒުވާނުން ތިބެ އެވެ.
"ރެސްޓޯރަންޓެއް ކަހަލަ ތަނަކަށް ގޮސްގެން 200 ރުފިޔާއަށް ވުރެ ކުޑަ އަގެއްގައި ރޯދައެއް ނުވީއްލޭނެ. އެކަމަކު އެއަށް ވުރެ ކުޑަ އެއްޗެއް ހަރަދުކޮށްގެން އަޅުގަނޑުމެން އެބަ 200 އަށް ވުރެ ގިނަ މީހުންނަށް ރޯދަ ވީއްލުމަށް އެހީވަން،" ހާތިމް ބުންޏެވެ.
މަގުމަތިން ދާ ބަޔަކު ރޯދަ ވީއްލަން ފެނާއި ކަދުރު ދެނީ: މި ޒުވާނުން މިކަން ކުރާތާ ހަތަރު އަހަރު ވެއްޖެ
."ހަދީސްގައި ވެސް އޮންނަ ގޮތުން މީހަކަށް ރޯދަ ވީއްލުން ދިން މީހަކަށް، އެ މީހާގެ ރޯދައިގެ ސަވާބު ވެސް ލިބޭނެ."
ޓީމް ދައުވާއިން މި މަސައްކަތް އެންމެ ފުރަތަމަ ފެށީ އެ މީހުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެންނެވެ. އެކަމަކު ކުޑަކުޑަ އަގަކަށް، ގިނަ ބަޔަކަށް ރޯދަ ވީއްލުން ދެވިދާނެކަން އެނގުމުން ގިނަ ބަޔަކު އެ ގުރޫޕަށް ފައިސާ ހަދިޔާކުރި އެވެ.
ހާތިމް ބުނިގޮތުގައި މުޅި ރޯދަމަހަށް ވާ ވަރަށް ވާ ފައިސާ، ފުރަތަމަ ހަތަރު ދުވަހު އެ މީހުންނަށް ލިބުނެވެ. އެހެންވެ، ޑޮނޭޝަން ހޯދުން މިހާރު ވަނީ ހުއްޓާލާފަ އެވެ.
މީހުންގެ ތަރުހީބު ބޮޑުވުމުން އެ ގުރޫޕުން މިހާރު ނިންމާފައިވަނީ އިތުރު ސަރަހައްދުތަކުގައި އެކަން ކުރިއަށް ގެންދާށެވެ. އަދި މިކަމުގައި މިހާރު އެ ގުރޫޕުގެ ޒުވާނުންގެ އިތުރުން އެހެން މީހުން ވެސް ބައިވެރިވަމުން އަންނަކަން ހާތިމް ފާހަގަކުރި އެވެ.
ރޯދަ ވީއްލަން ދޭން ޕެކްކޮށްފައިވާ ފެނާއި ކަދުރު
އޭނާ ބުނީ ގެއަށް ދާ މަގުމަތީގައި ރޯދަ ވީއްލާނެ ގޮތެއް ފެނުމުން އެންމެން ވެސް އެކަން ބަލައިގަންނަ ކަމަށެވެ.
"ވަރަށް ޝުކުރުވެރިކަމާ އެކު އެންމެން ވެސް މިކަން ބަލައިގަންނަނީ. މީހުންގެ ވަރަށް ބޮޑު ތަރުހީބެއް އަޅުގަނޑުމެންނަށް މިކަމުގައި ލިބޭ،" ހާތިމް ބުންޏެވެ.
އެ ޒުވާނުން ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލަނީ، އަމިއްލަ ގެ ދޫކޮށް، މަގުމަތީގަ އެވެ. އެކަމަކު އެ މީހުން އެނބުރި ގެއަށް މިސްރާބު ޖަހަނީ މަގުމަތިން ދާ ގިނަ ބަޔަކަށް ރޯދަ ވީއްލަން އެހީތެރިވުމުގެ އުފަލުގަ އެވެ،
މަގުމަތިން ރޯދަ ވީއްލަން އެހީތެރިވެދޭނެ މީހުން ހޯދަނީ
ރޯދައިގެ އަޅުކަމުން ދަސްކުރަން ޖެހޭ އަޚްލާޤީ ސިފަތައް
ހުއްދަ ނުނަގާ އުމްރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ
ހެޔޮކަމާއެކު، ޒުވާންކަމުގެ ފައިދާ ހޯދާނެ ގޮތްތައް
ހިޖުރައިގެ ދަތުރުފުޅުން ފެނުނީ ޒުވާނުންގެ މުހިންމުކަން
ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް
ހިލޭ ކާން ދީފައި އިނާމު ވެސް ދޭ ރެސްޓޯރަންޓެއް
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ގެނައުން، ފިއްތުންތަކާ ގުޅިގެން މަޑުޖައްސާލައިފި