30 ޖުލައި 2022
ކީރިތި ރަސޫލާ ﷺ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވެވި، ހިޖުރައިގެ ދަތުރުފުޅަކީ ދުނިޔޭގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ހާދިސާ އެކެވެ. އަދި އިސްލާމީ ތާރީހުގައި އެ ހަނދާންތަކެއް އަބަދުވެސް އާވެ އާލާވެ، ހުންނަ ހާދިސާއެކެވެ. އެ ތާރީހީ ހާދިސާގައި މުސްލިމު ޒުވާނުން އަދާކޮށްދީފައި ވަނީ ވަރަށް މަތިވެރި ދައުރެކެވެ. ވަރުގަދަ ބަތަލުންތަކެއް އަދާކުރާނެ ފަދަ ހިތްވަރުގަދަ ޖޯޝުން ފުރިފައިވާ ދައުރެކެވެ.
ކީރިތި ރަސޫލާ ﷺ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވެވި، ހިޖުރައިގެ ދަތުރުފުޅަކީ ދުނިޔޭގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ހާދިސާ އެކެވެ. އަދި އިސްލާމީ ތާރީހުގައި އެ ހަނދާންތަކެއް އަބަދުވެސް އާވެ އާލާވެ، ހުންނަ ހާދިސާއެކެވެ. އެ ތާރީހީ ހާދިސާގައި މުސްލިމު ޒުވާނުން އަދާކޮށްދީފައި ވަނީ ވަރަށް މަތިވެރި ދައުރެކެވެ. ވަރުގަދަ ބަތަލުންތަކެއް އަދާކުރާނެ ފަދަ ހިތްވަރުގަދަ ޖޯޝުން ފުރިފައިވާ ދައުރެކެވެ.
ފާހަގަކޮށްލެވޭ އެންމެ ފުރަތަމަ ކަމަކީ، ހިޖުރައިގެ މުގައްދިމާއެއްގެ ގޮތުގައި ހިޖުރައިގެ ކުރިން ހިނގި އަގަބާގެ ބައިއަތުތަކުގައި ޒުވާނުން އަދާކޮށްފައިވާ މުހިންމު ދައުރެވެ. ޒުވާން އަނަސް ބުނު ރާފިއު، ހަމަ އެފަދަ ޒުވާނުން ހިމެނޭ ޖަމާއަތެއްގައި މަދީނާ އިން މައްކާ އަށް ވިޔަފާރި ކުރުމަށާއި ހައްޖުވުމަށްޓަކައި ވަޑައިގެންނެވި އެވެ. އެ ޖަމާއަތާ ކީރިތިރަސޫލާ ﷺ ބައްދަލު ކުރައްވައި އިސްލާމް ދީން ހުށަހެޅުއްވުމުން އެ ޖަމާއަތުގެ ތެރެއިން އެހެން ޒުވާނަކު، އާދެ، އިޔާސް ބުނު މުއާޒު ނުކުންނަވައި އެ ދައުވަތު ގަބޫލު ކުރުމަށް މުޅި ޖަމާއަތަށް ހިތްވަރު ދެއްވި އެވެ.
އިޔާސް ވިދާޅުވި އެވެ. "އޭ ގައުމުގެ މީހުންނޭވެ! މިއީ އެ ކަމަކަށްޓަކައި ތިމަންމެން އައި ކަންތަކަށް ވުރެ މާ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ." މި ދެންނެވި އިޔާސް އެބުރި މަދީނާ އަށް ވަޑައިގަތުމަށް ފަހު، އިސްލާމީ ދައުވަތު ހުށަހެޅުމުގެ މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް ގަބީލާގެ މުސްކުޅި ޒައީމު އަބުލްޙައިސް، އެ ކަން މަނާކުރުމުގެ ގޮތުން ޒުވާން އިޔާސް އަށް އަޑުލައި ތަޅާ ހެދި އެވެ.
އަގަބާގެ ދެވަނަ ބައިއަތުގައި ކީރިތިރަސޫލާ ﷺ އާއެކު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އައްބާސްގެފާނު ނުކުންނެވި އެވެ. މަދީނާގެ އެ ޖަމާއަތާ މެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދިފައިވާކަން ކީރިތިރަސޫލާ އަށް ހާމަކުރެއްވި އެވެ. ނަމަވެސް ޖަމާއަތާ ބައްދަލުކުރެއްވި އިރު އެ ތަނުގައި ތިބީ ޒުވާނުންކަން އެނގުމާއި އަދި އެ ޒުވާނުން ވަރަށް ވަރުގަދަ އަޒުމަކާއި ހިތްވަރާއެކު އިސްލާމްކަން ގަބޫލުކޮށް ކީރިތިރަސޫލާ ﷺ އަށް ނަސްރު ދިނުމަށް ބައިއަތު ހިފުމުން އައްބާސްގެފާނުގެ ހިޔާލުފުޅު މުޅިން ބަދަލުވި އެވެ. އަދި އެ ވަރުގަދަ ބައިއަތު އިތުރަށް ކަށަވަރު ކޮށްދެއްވުމުގެ ގޮތުން ޒުވާން އަސްއަދު ބުނު ޒަރާރަތު ތެދުވެވަޑައިގެން އެ ބައިއަތަށް ހިޔާނަތްތެރި ނުވުމަށާއި އެ ބައިއަތަކީ ވަރަށް ވަރުގަދަ މަތިވެރި ބައިއަތެއްކަން ޖަމާއަތުގެ އެންމެންނަށް ހާމަކޮށްދެއްވި އެވެ.
ދެވަނަ ކަމަކީ، ހިޖުރަ އަށް ކީރިތިރަސޫލާ ﷺ ނުކުމެ ވަޑައިގެންނެވި ރޭ އެކަލޭގެފާނު އަވަހާރަކޮށްލުމަށް މުޝްރިކުންގެ ކޮންމެ ގަބީލާއަކުން ޒުވާނަކު ނަގައި އެ ކަމަށް ކުރިމަތިލީ ހިނދު އެ ހުރިހާ ޒުވާނުންގެ ކުރިމަތީގައި ޖާނު ފިދާކޮށްލުމަށް ކެރި ހުރެގެން އުމުރުން 25 އަހަރުގެ ޒުވާނަކު ނުކުމެ އަދާކުރި ދައުރެވެ. އާދެ، މި ދައުރު އަދާކުރުމުގައި އަލީ ބުނު އަބީތާލިބު ދައްކައި ދިނީ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެކެވެ. އަދި މިއީ ޒުވާނުން އެކަމުން އިބުރަތް ލިބިގަންނަންވީ މުހިންމު ފިލާވަޅެއް ވެސް މެ އެވެ.
ތިންވަނަ ކަމަކީ، ހިޖުރައިގެ ދަތުރުފުޅުގައި އެހީތެރިންގެ ގޮތުގައި އަބޫބަކުރުގެފާނުގެ އާއިލާގެ ޒުވާނުން އަދާކުރި ދައުރެވެ. ކީރިތިރަސޫލާ ﷺ އަބޫބަކުރުގެފާނުގެ ގެކޮޅަށް ވަޑައިގަތުމުން އެ ތަނުން ޒުވާން އަސްމާގެފާނާއި ޒުވާން އާއިޝަތުގެފާނު އެހީތެރިކަން ފޯރުކޮށްދެއްވީ ކީރިތި ރަސޫލާ ﷺ ދަތުރުފުޅަށް ނުކުމެ ވަޑައިގަތުމުގައި ހުރިހާ ގޮތަކުންނެވެ. އޭގެ ތެރޭގައި އަމަލީ ގޮތުން ކުރެއްވެވި ކަންކަމުގެ އިތުރުން އެ ސިއްރު ދަތުރުފުޅު ވަރަށް އަމާނަތްތެރިކަމާއެކު އެ ދެކަނބަލުން ސިއްރު ކުރައްވާނެކަން ކީރިތިރަސޫލާ ﷺ އަށް ގަބޫލުފުޅު ކުރެއްވެވިގެން ދިއުން ވެސް ހިމެނެ އެވެ. އަބޫބަކުރުގެފާނުގެ ގެކޮޅުން އެހީތެރިކަން ފޯރުކޮށްދެއްވި ތިންވަނަ ބޭފުޅަކީ އަބްދުﷲ ބުނު އަބީބަކުރެވެ. އެއީ ސައުރު ފަރުބަދައިގައި ކީރިތިރަސޫލާ ﷺ އާއި އަބޫބަކުރުގެފާނު ތިއްބެވި ހިނދު މުޝްރިކުންގެ ހުރިހާ ޚަބަރުތަކެއް ވަރަށް އަމާނަތްތެރިކަމާއެކު އަދި ވަރަށް ސިއްރު ގޮތެއްގައި ދެއްވަމުން ގެންދެވުމެވެ.
ދުވާލު އެކަލޭގެފާނު އުޅުއްވަނީ މައްކާގައި އެތަންމިތަނުގަ އެވެ. އެކިއެކި ޚަބަރުތައް ހޯއްދެވައި، ރޭގަނޑު ދަންވަރު ސައުރު ފަރުބަދަ އަށް ވަޑައިގެން ޚަބަރުތައް ދެއްވުމަށް ފަހު، ފަތިސްވުމުގެ ކުރިން އެނބުރި މައްކާ އަށް ވަދެވަޑައިގަނެ އެވެ. މިއީ ހަމަ ޔަގީނުން ވެސް ވަރަށް ދަތި، ވަރަށް އުދަގޫވާނެ މަސައްކަތެކެވެ. ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނު ސައުރު ފަރުބަދައިގައި ތިއްބެވި ތިން ދުވަހު އެ ދެބޭކަލުންނަށް ފަރިއްކޮޅު ގެންދެވީ ޒުވާން އަސްމާގެފާނެވެ. ކިރުފޮދު ގެންދަވަނީ އަބޫބަކުރުގެފާނުގެ އަޅެއްގެ ގޮތުގައިވި ޒުވާން އާމިރު ބުނު ފުހައިރާ އެވެ. ކޮންމެ ފަހަރަކު އެކަން ކުރުމަކީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ނާމާންކަމެއް އެކަމުގައި އެކުލެވިފައިވާނެ ކަމެއް ކަމާ މެދަކު ޝައްކެތް ނުއުފެދެ އެވެ.
ދެވަނަ ކަމަކީ، ހިޖުރަ އަށް ކީރިތިރަސޫލާ ﷺ ނުކުމެ ވަޑައިގެންނެވި ރޭ އެކަލޭގެފާނު އަވަހާރަކޮށްލުމަށް މުޝްރިކުންގެ ކޮންމެ ގަބީލާއަކުން ޒުވާނަކު ނަގައި އެ ކަމަށް ކުރިމަތިލީ ހިނދު އެ ހުރިހާ ޒުވާނުންގެ ކުރިމަތީގައި ޖާނު ފިދާކޮށްލުމަށް ކެރި ހުރެގެން އުމުރުން 25 އަހަރުގެ ޒުވާނަކު ނުކުމެ އަދާކުރި ދައުރެވެ.
ހަތަރުވަނަ ކަމަކީ، މަދީނާ އަށް ކީރިތިރަސޫލާ ﷺ ވަޑައިގަތުމުން އެކަލޭގެފާނަށް އިސްތިގުބާލު ކުރެއްވުމުގައި ޒުވާނުން އަދާކުރެއްވި ދައުރެވެ. ޒުވާން އަންހެންކުދިން ޅެން ބަހުރުވައިން އެކަލޭގެފާނަށް މަރުހަބާ ވިދާޅުވި އެވެ.
"ސަނިއްޔަތުލް ވަދާއުން ހަނދު ފާޅުވެގެން އަތުވެއްޖޭ" ކިޔައި މާތް ނަބިއްޔާ އަށް މަދަހަ ކިޔެވެ. ކީރިތި ރަސޫލާ އަށް އިސްތިގުބާލު ކުރުން އަދި ހިޖުރައިގެ ދަތުރުފުޅު ނިމިގެން ދިޔައީ ވެސް ދެ ޒުވާނެއްގެ ގުރުބާން ވުމަކުންނެވެ. ޔަތީމު ދެ ޒުވާނުންނެވެ. އެއީ ރަސޫލާގެ ޖަމަލުކޮޅު ބަނޑު ޖެއްސެވި، މި ދެންނެވި ދެ ޔަތީމުންގެ ބިން ހަދިޔާ ކުރުމަށް ހުށަހެޅުއްވުމެވެ.
ހިޖުރައިގެ މުގައްދިމާގައި މަދީނާގެ ޒުވާނުން ބައިއަތު ހިފުމުގައި ބައިވެރިވި ފަދައިން، އެ ދެ ޔަތީމު ޒުވާނުން ވެސް ބޭނުންވީ ރަސޫލާއަށާއި އިސްލާމްދީނަށް ނަސްރު ދިނުމުގައި ބައިވެރިވާށެވެ. މިއިން ދޭހަވަނީ އެ ދެ ޒުވާނުންގެ ހިތުގައިވާ ގުރުބާނީގެ ޝުއޫރުތަކެވެ.
އާދެ، މިއީ ކީރިތިރަސޫލާގެ ހިޖުރައިގައި ޒުވާނުން އަދާކޮށްފައިވާ މަތިވެރި ދައުރުގެ ތެރެއިން ބައެއް މިސާލެވެ.
ހިޖުރީ އައު އަހަރެއް ފެށޭ ހިނދު އަޅުގަނޑުމެން ޒުވާނުން ވެސް ދީނަށްޓަކައި ނުވަތަ މާތްﷲ އާއި ރަސޫލާއަށްޓަކައި ކޮންމެ ފަދަ ގުރުބާނެއް ވާން ވެސް ތައްޔާރަށް ތިބުމުގެ އަޒުމު ކަނޑައަޅަން ޖެހޭނެ އެވެ. ނަމަވެސް ހަރުކަށި ފިކުރުގެ މީހުން ހިޖުރައިގެ މަފްހޫމު އޮޅުވާލާފައިވާ ގޮތަށް އޭގެ މާނަ އޮޅުވާލައިގެނެއް ނޫނެވެ.
އިސްލާމީ ވެރިކަން އޮންނަ ދައުލަތްތަކުގައި އެ މީހުން ދީން ދޭހަކުރާ ގޮތް ނޫން ގޮތަކަށް ކުރާ ކޮންމެ ކަމެއް ކުފުރުގެ އަމަލެއްގެ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރެ އެވެ. ވެރިންނަކީ ތޯގޫތުން ކަމުގައި ބަލައެވެ. މުޅި ދައުލަތް ކުފުރުގެ ބިމެއްގެ ގޮތުގައި ކަނޑައަޅަ އެވެ. އެހެންކަމުން އެ މީހުން އުފައްދަން ބުނާ އިސްލާމީ ހިލާފަތުގެ ބިމަށް ހިޖުރަ ކުރަން އެންމެންގެ މައްޗަށް ވާޖިބުވާނެ ކަމަށް ފަތުވާ ދެއެވެ. އަދި އެ ފަތުވާއާ އެއްގޮތަށް އަމަލު ނުކުރާ ކޮންމެ މީހަކީ ދީނާ ހިލާފުވާ މީހެއް ކަމަށް ދެކެ އެވެ.
ނަމަވެސް ހިޖުރައިގެ މަފްހޫމް ދޭހަވާން ޖެހޭނީ ރަސޫލާ ﷺ ދައްކަވައި ދެއްވި ސީދާ ސާފު ސަމާހަތްތެރި މަގުގައި ދީނަށް އަމަލު ކުރުމަށްޓަކައި ހިޖުރަ ކުރުން ނޫން އެހެން ގޮތެއް ނެތް ހާލަތްތަކުގައި ﷲ އަށާއި ރަސޫލާއަށްޓަކައި ކުރާ ހިޖުރައިގެ މާނަ އެވެ. ރަސޫލާގެ ޒަމާނުގައި ހަބުޝް ކަރައަށާއި މަދީނާ އަށް ކުރި ފަދަ ހިޖުރައިގެ މާނަ އެވެ. މިފަދަ ހިޖުރަ އަށް ޒުވާނުން ތައްޔާރަށް ތިބެން ޖެހެ އެވެ. މީގެ އިތުރުން މައުނަވީ ހިޖުރަ ކަމުގައިވާ ﷲ ހަރާމް ކުރެއްވި ކަންކަމުން ހިޖުރަ ކުރުމަށް އަބަދުވެސް ސަމާލުވާން ޖެހޭނެ އެވެ.
ހިޖުރައިގެ ހާދިސާއިން އިބުރަތް ލިބިގަތުން
އެއްބައިވަންތަކަން ދެމެހެއްޓުމުގައި ރަސޫލާގެ ނަމޫނާ
ރަސޫލާ ދެއްކެވީ ނިއުމަތްތަކަށް ހަމްދުކުރުމުގެ ނަމޫނާ
އިސްރާ އާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތްތައް
ހެޔޮކަމާއެކު، ޒުވާންކަމުގެ ފައިދާ ހޯދާނެ ގޮތްތައް
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2