06 އޮކްޓޯބަރ 2023
މުޖުތަމައެއްގައި ދަމަހައްޓަންޖެހޭ މުހިންމު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެ މުޖުތަމައެއްގެ އެއްބައިވަންތަކަން ނުވަތަ ވަހުދަތެވެ. މިއީ އިސްލާމީ އުންމަތުގެ ޚާއްސަ ސިފަތަކުގެ ތެރެއިން ވެސް ވަރަށް މުހިންމު އެއް ސިފައެވެ. އެހެންވެ، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ، އިސްލާމީ އުންމަތް އެއްބައިވަންތަ ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައި އެކަން ކާމިޔާބު ކުރެއްވި އެވެ.
މުޖުތަމައެއްގައި ދަމަހައްޓަންޖެހޭ މުހިންމު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އެ މުޖުތަމައެއްގެ އެއްބައިވަންތަކަން ނުވަތަ ވަހުދަތެވެ. މިއީ އިސްލާމީ އުންމަތުގެ ޚާއްސަ ސިފަތަކުގެ ތެރެއިން ވެސް ވަރަށް މުހިންމު އެއް ސިފައެވެ. އެހެންވެ، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ، އިސްލާމީ އުންމަތް އެއްބައިވަންތަ ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައި އެކަން ކާމިޔާބު ކުރެއްވި އެވެ.
ކީރިތި ރަސޫލާ ﷺ މިކަން ކުރެއްވީ ތަފާތު ކަންކަމުގެ ބޭނުން ހިއްޕަވައިގެންނެވެ. އެންމެ ފުރަތަމަ ކަމަކީ އެކަލޭގެފާނުގެ ޝަޚުސިއްޔަތުގެ ހަރުދަނާ ކަމެވެ. ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ނަމޫނާ ކަމުގައި އެކަލޭގެފާނު ވެވަޑައިގަތުމެވެ.
ދެވަނަ ކަމަކީ އެކަލޭގެފާނަށް ﷲ ހަވާލު ކުރެއްވެވި އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމެވެ. އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމުގައި އެކަލޭގެފާނު ތެދުވެރިވެ ވަޑައިގެންނެވި އެވެ. ބާތިލު ކަލާނގެތަކާ މެދު މީސްތަކުންގެ ހިތްތަކުގައި އޮތް ފާސިދު ޢަޤީދާ ބަދަލު ކުރައްވައި ތަވްޙީދުގެ މަތިވެރި ޢަޤީދާ ސާބިތު ކޮށްދެއްވި އެވެ. އީމާންތެރިކަމުގެ ނޫރު މީސްތަކުންގެ ހިތްތަކަށް ފޯރުވައި ދެއްވި އެވެ. އަދި މިއީ މާންތެރިކަން ދާއިމަށް ދެމިގެންދާކަން ސާބިތުވާ އަޅުކަންތައްތައް ދަސްކޮށް ދެއްވި އެވެ. މީސްތަކުންގެ ހިތްތައް ނުބައި ސިފަތަކުން ތާހިރު ކޮށްދެއްވި އެވެ.
ތިންވަނަ ކަމަކީ އެއްބައިވަންތަވުމަށް ބޭނުންވާ ރިވެތި އަޚުލާގާއި މާތް ސިފަތައް އުނގަންނައި ދެއްވުމެވެ. ދެކޮޅުވެރި ވުމާއި ދެބަސްވުމާއި އަރާރުންތައް އެއީ ނުބައި ސިފަތަކެއްކަން ހާމަކޮށްދެއްވި އެވެ. ބޮޑާ ކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި އުޚުއްވަތްތެރިކަމާއި ލޯތްބާއި ހަމަހަމަކަން އެއީ މާތްސިފަތަކެއްކަން ބަޔާން ކޮށްދެއްވި އެވެ. އިންސާނުންނަކީ މާތްﷲ ގެ ޤުދުރަތްތެރިކަމާއި އެކަލާނގެ ރަހުމަތާ ނުލައި އެއްވެސް އާރެއް ބާރެއް ނެތް ބައެއްކަން ހާމަކޮށްދެއްވި އެވެ. އެހެންވެ، އަމިއްލަ ނަފުސަށް ފަޚުރުވެރިވެ، ބޮޑާވެއްޖެ މީހަކަށް ހުރީ ގެއްލުމާއި ހަލާކުކަން ވިސްނައި ދެއްވި އެވެ. އޭގެ ބަދަލުގައި މާތްﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެންމެން އެކުގައި އެކަލާނގެ އެންގެވި ގޮތުގައި ހިފަހައްޓައިގެން ތިބެއްޖެ ނަމަ އެއީ ކާމިޔާބުވުމުގެ މަގުކަން ކަށަވަރު ކޮށްދެއްވި އެވެ. ސަބަބަކީ އިއްޒަތް ލިބިގެން ވަނީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާ އަށާއި މުއުމިނުންނަށް ކަމަށް ވުމެވެ. މި ސަބަބަށްޓަކައި މާތްﷲ ގެ މަގުގައި އެންމެން އެކުގައި ހިފަހައްޓައިގެން ތިބުމަށާއި ވަކި ވަކިވެގެން ނުދިއުމަށް އެކަލާނގެ ކީރިތި ޤުރުއާނުގައި އަންގަވާފައި ވެ އެވެ. (އާލް ޢިމްރާން:103).
އުންމަތް އެއްބައި ކުރެއްވުމަށް އެކަލޭގެފާނު ކުރެއްވެވި އަނެއް ކަމަކީ ވަތަނީ ލޯބި ދީނީ ލޯތްބާ ގުޅުވާލުމެވެ. އެބަހީ ވަތަނީ ލޯތްބަކީ އީމާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ހެއްދެވުމެވެ. މިކަމަށްޓަކައި އެކަލޭގެފާނު އުންމަތުގެ އެންމެން އެ އުންމަތުގެ އަގު ހުރި ކަންކަން ދިފާއު ކުރުމުގައި އެއްބައިވެ، އެކަތިގަނޑަކަށް ވެގެން ތިބުމަށް އިލްތިމާސް ކުރެއްވި އެވެ.
މުސްލިމުންގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅު ތަކުގެ ތެރެއިން ހަތަރުވަނަ ކަމަކީ ދުނިޔޭގެ ޒީނަތްތެރިކަމާއި އުފަލާއި އަރާމު އެއީ އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަމާ އަޅާބަލާއިރު މާބޮޑު އަގެއް ހުރި އެއްޗެއް ނޫންކަން މީސްތަކުންނަށް ވިސްނައި ދެއްވުމެވެ. މި ވިސްނުން އިންސާނާ އަށް ލިބިއްޖެ ނަމަ އޭނާގެ އިންސާނިއްޔަތުކަން އުފުލިގެންދާނެ އެވެ. ތިމާ ފަދަ އެހެން އިންސާނުންނާ މެދު ހިތުގައި ލޯބި އުފެދި ވަފާތެރިވުމުގެ ރޫހު އަށަގަންނާނެ އެވެ. މި ވިސްނުމާ އެކު ދެން އެކަލޭގެފާނު އުނގަންނައި ދެއްވީ އުޚުރަވީ ހަޔާތުގެ ނިއުމަތްތަކެވެ. އެ ނިއުމަތްތައް ލިބިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވުމާ އެކު ވާދަވެރިކަމުގައި މަސައްކަތް ކުރުމަށެވެ.
އުންމަތް އެއްބައި ކުރެއްވުމަށް އެކަލޭގެފާނު ކުރެއްވެވި އަނެއް ކަމަކީ ވަތަނީ ލޯބި ދީނީ ލޯތްބާ ގުޅުވާލުމެވެ. އެބަހީ ވަތަނީ ލޯތްބަކީ އީމާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ހެއްދެވުމެވެ. މިކަމަށްޓަކައި އެކަލޭގެފާނު އުންމަތުގެ އެންމެން އެ އުންމަތުގެ އަގު ހުރި ކަންކަން ދިފާއު ކުރުމުގައި އެއްބައިވެ، އެކަތިގަނޑަކަށް ވެގެން ތިބުމަށް އިލްތިމާސް ކުރެއްވި އެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކާ އޮންނަ ގުޅުމަކީ ބިނާއެއްގެ އެއްބަޔާ އަނެއްބައި ގުޅުވައި ވަރުގަދަ ކުރުން ފަދަ ކަމެއްކަން ވިސްނައި ދެއްވި އެވެ. އެހެން ނޫން ނަމަ އުދުވާނީ އެއްވެސް ހަމަލާ އަކުން ސަލާމަތް ވާން އުނދަގޫ ވާނެކަން ބަޔާން ކުރެއްވި އެވެ. އެފަދަ ދަށު ހާލަތަކަށް ހިނގައްޖެ ނަމަ އެއީ މާތްﷲ ގެ ރުހިވޮޑިގަތުމުން އެއްކިބާވެވޭނެ ކަމެއްކަން އަދި އެންމެ ފަހުން އެއީ ތިމާގެ އީމާންތެރިކަން ދަށްވެގެން ދިއުންކަން ހާމަކޮށްދެއްވި އެވެ.
އިސްލާމީ އުންމަތަކީ މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާ ކިޔަމަންތެރި ބައެއްގެ ގޮތުގައި ހެއްދެވުމަށް އެކަލޭގެފާނު ކުރެއްވެވި މަސައްކަތަކީ ވެސް އުންމަތް އެއްބައިވަންތަ ކުރުމަށް އެކަލޭގެފާނު ކުރެއްވެވި މުހިންމު ކަމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނަށް ތަބާވި ބޭކަލުން ދުނިޔެއަށްޓަކައި މަސައްކަތް ކުރެއްވީ ދުނިޔެއަކީ އަބަދު އެތަނުގައި ތިބޭނެ ތަނެއް ކަމުގައި ބައްލަވައިގެންނެވެ. އާޚިރަތަށްޓަކައި މަސައްކަތް ކުރެއްވީ މާދަމާ ވެސް މަރުވެދާނެ ބައެއް ކަމަށް ބައްލަވައިގެންނެވެ.
ކީރިތި ރަސޫލާ ﷺ ގެ މި މަސައްކަތްޕުޅުތަކުގެ ނަތީޖާ އިން އުންމަތުގެ އަފުރާދުންނަށް މިފަދަ ތަރުބިޔަތެއް ލިބި އިސްލާމީ އުންމަތް އެއްބައިވަންތަ އުންމަތަކަށް ވި އެވެ. އެހެންކަމުން މިއަދު ވެސް މުސްލިމުންނަކީ އެއްބައިވަންތަ ބައެއް ކަމުގައިވާން ޖެހޭނެ އެވެ. އިސްލާމީ ވަހުދަތަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ވީ އިރު އެއްވެސް ބާވަތެއްގެ ތައައްސުބެއް މުސްލިމު އެއްވެސް ޖަމާއަތެއްގެ ތެރޭގައި އޮވެގެން ނުވާނެ އެވެ. މީހުންގެ ކުލަ އާއި ޖިންސާއި ވާހަކަ ދައްކައި ބަހާއި ހަސަބާއި ފަރުއީ ކަންކަމުގައި ތަބާވާ މަޒުހަބާއި ތާއީދު ކުރާ ސިޔާސީ ފިކުރާއި މިފަދަ އެއްވެސް ކަމަކީ އެ އަށް ތައައްސުބުވާން ޖެހޭ އެއްޗެއް ނުވަތަ ކަމެއް ނޫނެވެ. އެހެނީ އެ ހުރިހާ ކަމެއްގެ ކުރީގައި އިސްލާމީ ވަހުދަތުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ވެގެން ވާތީ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވެ އެވެ. "ތައައްސުބު ވުމަށް ގޮވާލާ މީހަކީ ތިމަންމެންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. އަދި ތައައްސުބުގެ މަތީ ހަނގުރާމަކޮށް ތަޅާފޮޅާ މީހަކީ ތިމަންމެންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. އަދި ތައައްސުބުކަންމަތީ މަރުވެދާ މީހަކީ ތިމަންމެންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ." (އަބޫދާއޫދު).
މި ހުރިހާ އާޔަތްތަކުން ދޭހަވާ ފުން މާނައަކީ އުންމަތުގެ ވަހުދަތު ހިފަހައްޓާ އެންމެ މުހިންމު ބަހާއަކީ އެންމެން އެ އެއްޗެއްގައި ހިފަހައްޓައިގެން ތިބެން ޖެހޭ ވަރުގަދަ މަންހަޖެއް އާދެ، މާތްﷲ ގެ މަންހަޖު އޮތުމާއި އެ މަންހަޖު ތަންފީޒު ކުރުން ކަމެވެ. މި މަންހަޖު ދޫކޮށްލައިފި ނަމަ އުންމަތުގެ ވަހުދަތު ގެއްލޭނެ ކަމެވެ.
ބައިބައިވެ ނުދިއުމަށް ކީރިތި ޤުރްއާނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅާފައި ވެ އެވެ. އަދުއްވުންގެ މަކަރުވެރި ރޭވުންތަކުގެ ތެރެއަށް ނުވަނުމަށް އަންގަވާފައި ވެ އެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބިގެންވާ މީހުންގެ ތެރެއިން ބަޔަކަށް ތިޔަބައިމީހުން ކިޔަމަންވާ ނަމަ އެބައިމީހުން، ތިޔަބައިމީހުންގެ އީމާންކަމަށް ފަހު، ތިޔަބައިމީހުން ކާފިރުން ކަމުގައި ރައްދު ކޮށްފާނެ އެވެ." (އާލްޢިމްރާން 100) މިކަން ބަޔާންކުރެއްވުމަށް ފަހު ދެން އޮތް އާޔަތުގައި އެކަލާނގެ އަންގަވަނީ މާތްﷲ ގެ ރައްކާތެރިކަން ލިބިގެންފި މީހާ އަށް ސީދާވެގެންވާ މަގުފެނިއްޖެ ކަމަށެވެ. އެހެންވެ ދެން އޮތް އާޔަތުގައި ތަޤުވާވެރިވުމަށާއި މުސްލިމުންގެ ގޮތުގައި ތިބެ މެނުވީ މަރުވެގެން ނުދިއުމަށް އަންގަވައި އަދި އޭގެ ފަހު އާޔަތުގައި، މާތްﷲ ގެ ރައްކާތެރިކަން އެންމެން އެކުގައި ލިބިގަނެ (އެބަހީ ﷲ އެންގެވި ގޮތުގައި އެންމެން ހިފަހައްޓައި) އަދި ވަކިވަކިވެ ނުދިއުމަށް އަންގަވާފައި ވެ އެވެ. މި މޭރުމުން ގޮސް ބައިބައިވުމުގެ ހުރި ގެއްލުމުގެ ވާހަކަ ވެސް ބަޔާން ކުރައްވާފައިވެ އެވެ. މި ގެއްލުން ބަޔާން ކުރެއްވުމުގެ ކުރިން، "ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކޮށް، ހެޔޮކަމުގެ މަގަށް ގޮވައި އުޅޭ ބަޔަކު" އުންމަތުގެ ތެރެއިން ވުމަށް ވެސް އަންގަވާފައިވެ އެވެ.
މި ހުރިހާ އާޔަތްތަކުން ދޭހަވާ ފުން މާނައަކީ އުންމަތުގެ ވަހުދަތު ހިފަހައްޓާ އެންމެ މުހިންމު ބަހާއަކީ އެންމެން އެ އެއްޗެއްގައި ހިފަހައްޓައިގެން ތިބެން ޖެހޭ ވަރުގަދަ މަންހަޖެއް އާދެ، މާތްﷲ ގެ މަންހަޖު އޮތުމާއި އެ މަންހަޖު ތަންފީޒު ކުރުން ކަމެވެ. މި މަންހަޖު ދޫކޮށްލައިފި ނަމަ އުންމަތުގެ ވަހުދަތު ގެއްލޭނެ ކަމެވެ.
ވީމާ ބަހާއި ޖިންސާއި މަޒުހަބާއި ސިޔާސީ ފިކުރު ފަދަ ތަފާތުތައް އުންމަތުގައި ހުއްޓަސް އެއީ އުންމަތުގެ ވަހުދަތު ގެއްލެންވީ ކަމެއް ނޫނެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ އިސްލާމީ ފުރަތަމަ މުޖުތަމައުގައި އުފެއްދެވި ވަހުދަތު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ އަހަރެމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އެ މާތް ނަބިއްޔާގެ މީލާދުގެ ޒިކުރާތައް އައު ކުރެވޭ ދުވަސްވަރާ ދިމާކޮށް މި ކަމުގައި އިތުރަށް ކުރިއެރުންތައް ހޯދައި އުންމަތުގެ ވަހުދަތު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ އަޒުމް އައު ކުރަމާތޯ އެވެ.
ހިޖުރައިގެ ހާދިސާއިން އިބުރަތް ލިބިގަތުން
ރަސޫލާ ދެއްކެވީ ނިއުމަތްތަކަށް ހަމްދުކުރުމުގެ ނަމޫނާ
އިސްރާ އާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތްތައް
ހިޖުރައިގެ ދަތުރުފުޅުން ފެނުނީ ޒުވާނުންގެ މުހިންމުކަން
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން