05 ޖޫން 2017
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމަކީ، ކޮންމެ ކުށެއްގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ މީހަކަށް ގާނޫނުއަސާސީގެ 48 ވަނަ މާއްދާ އިން ކަށަވަރު ކޮށްދޭ ހައްގެކެވެ. މީހަކު ހައްޔަރު ކުރެވޭ ވަގުތުން ފެށިގެން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާ ކަން އެ މީހަކަށް އަންގަންވާނެ ކަމަށާއި ލަސްކުރުމެއް ނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެ މީހަކަށް ފަހިކޮށްދޭން ވާނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމަކީ، ކޮންމެ ކުށެއްގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ މީހަކަށް ގާނޫނުއަސާސީގެ 48 ވަނަ މާއްދާ އިން ކަށަވަރު ކޮށްދޭ ހައްގެކެވެ. މީހަކު ހައްޔަރު ކުރެވޭ ވަގުތުން ފެށިގެން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާ ކަން އެ މީހަކަށް އަންގަންވާނެ ކަމަށާއި ލަސްކުރުމެއް ނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު އެ ހައްޔަރު ކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެ މީހަކަށް ފަހިކޮށްދޭން ވާނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.
އޭގެ އިތުރުން ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެ މީހަކު އިޚްތިޔާރު ކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި ވެ އެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް 53 ވަނަ މާއްދާގެ (ހ)ގައިވެ އެވެ.
އެކަމަކު އެ ހައްގު ލިބިދިނުމުގެ ގޮތުން މިހާތަނަށް އާންމު ގޮތެއްގައި އަމަލު ކުރަމުން އަންނަނީ ހައްޔަރު ކޮށްފައި ހުންނަ މީހާގެ ވަކީލެއްގެ ގޮތުގައި އައްޔަން ވާން ބޭނުންވާ ވަކީލު ފުލުހުންގެ އިދާރާ އަށް ހާޒިރުވެ، އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރާފައި ހުށަހެޅުމެވެ. އެ ހިސާބުން ވަކީލެއްގެ ގޮތުގައި އައްޔަން ވެވުނީ އެވެ.
މި ގޮތަށް ވަކީލުން އައްޔަންވާ އިރު، ހައްޔަރުކޮށްފައި ހުންނަ މީހާގެ ރުހުން އޮތްތޯ ބެލުމުގެ ފުރުސަތެއް ވެސް ގިނަ ފަހަރަކަށް ނުލިބެ އެވެ. އެހެންވީމާ ބައެއް މީހުންނަށް ތިމާގެ ވަކީލަކީ ކާކު ކަން އެނގޭނީ ވެސް ވަކީލެއްގެ ގޮތުގައި އައްޔަން ވުމަށް ފަހުގަ އެވެ.
މިހެން މިކަން އޮއްވައި މިދިޔަ މެއި 21 ވަނަ ދުވަހު ފުލުހުން ވަނީ، ވަކީލުން އައްޔަން ވުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލާ އެކު ގާނޫނީ ވަކީލުންގެ މެދުގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އުފެދިފަ އެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން، އެއް ތުހުމަތެއްގައި ހައްޔަރު ކޮށްފައިވާ އެކަކަށް ވުރެ ގިނަ މީހުންގެ ވަކީލެއްގެ ގޮތުގައި އެކަކަށް އައްޔަނެއް ނުވެވޭނެ އެވެ. އަދި އެއް މައްސަލައެއްގައި ހިމެނޭ މީހެއްގެ ވަކީލެއްގެ ގޮތުގައި އައްޔަންވުމަށް ފަހު، އެ މީހާގެ ވަކީލު ކަމުން ތަނާޒުލު ވިޔަސް ވެސް، ހަމަ އެ މައްސަލައިގައި ހިމެނޭ އެހެން މީހެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނެއް ނުވެވޭނެ އެވެ.
ބައެއް ގާނޫނީ ވަކީލުން ބުނާ ގޮތުގައި މިއީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ގާނޫނުއަސާސީއާ ޚިލާފަށް ހަނިކުރުމެވެ. އެ މީހަކު ބޭނުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަކަށް ވާއިރު، ފުލުހުން ހަދާ އުސޫލަކުން އެ ހައްގު ހަންޏެއް ނުކުރެވޭނެ އެވެ.
ފުލުހުން މާލޭގެ މަގެއްގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ: ވަކީލަކު އައްޔަން ވުމުގެ އުސޫލަށް ފުލުހުން ގެނައި ބަދަލާ މެދު ބައެއް ވަކީލުން ހިތްހަމައެއް ނުޖެހޭ. --މިހާރު ފޮޓޯ: ހުސައިން ވަހީދު
ސުވާލަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ފުލުހުން ހަނިކުރީ ކީއްވެ ހެއްޔެވެ؟ އެއް މައްސަލައެއްގައި ހިމެނޭ އެކަކަށް ވުރެ ގިނަ މީހުންގެ ވަކީލެއްގެ ގޮތުގައި އެކަކު މަސައްކަތް ކުރުމުން ދިމާވާ މައްސަލައަކީ ކޮބައި ހެއްޔެވެ؟
ތަހުގީގުގެ މަރުހަލާއަކީ ވެސް އަދުލު އިންސާފު ގާއިމު ކުރުމުގެ ވަށައި ޖެހިފައިވާ ނިޒާމުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު މަރުހަލާ އެވެ. މީހެއްގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ ތަހުގީގު މަރުހަލާ އިން ހާސިލުކުރެވޭ ނަތީޖާއެއްގެ މައްޗަށެވެ.
މިހެން މިކަން އޮތް އިރު، ތަހުގީގު މަރުހަލާ ވެސް ކުރިއަށް ދާން ވާނީ އަދުލު އިންސާފަށް ހުރަސް ނޭޅޭނެ އުސޫލަކުންނެވެ. އަދުލު އިންސާފު ގާއިމުކުރުމަށް އެއްވެސް މީހަކު ހުރަސް ނޭޅުމަކީ ވެސް ގާނޫނުއަސާސީން ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ.
ފުލުހުންގެ ތަހުގީގީ ދާއިރާގައި މަސައްކަތް ކުރައްވާ އިސް އޮފިސަރަކު ވިދާޅުވި ގޮތުގައި ގާނޫނީ ވަކީލުން އައްޔަން ވުމުގެ އުސޫލަށް އެ ފަދަ ބަދަލެއް ގެންނަން ޖެހުނީ، ބޮޑެތި ބައެއް ޖަރީމާތަކުގެ ތަހުގީގީ މަރުހަލާގައި ފުލުހުން ކުރަން ޖެހިފައިވާ ހިތި ތަޖުރިބާގެ އަލީގަ އެވެ.
"މައްސަލައެއްގައި ހައްޔަރުކުރެވޭ އެކަކާ ވަކީލު މި ބައްދަލު ކުރަނީ ވަކިން. އެ ބައްދަލުވުން ނިންމާފައި ނުކުމެ އެ ވަކީލު މި އެދެނީ އެ މައްސަލައިގައި ހިމެނޭ އަނެއް މީހާއާ ބައްދަލު ކުރަން. އޭރު އެ އުސޫލު އޮތް ގޮތުން އެ ފުރުސަތު ދޭން މަޖުބޫރުވޭ. ދެން ކަންތައް ވެގެންދާނެ ގޮތް ނިކަން ވިސްނަވާ. އެ ފުރުސަތު ދިނުމަށް ފަހު، އަޅުގަނޑުމެންގެ ތަހުގީގު ޓީމު، ހައްޔަރުކޮށްފައި ހުންނަ މީހާއާ ބައްދަލު ކުރީމާ އެމީހާގެ ވާހަކަތަކަށް ވަރަށް ބޮޑަށް ބަދަލު ވެގެން އެބަދޭ،" ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ގޮތަށް ވަކީލުން އައްޔަން ވުމުގެ ފުރުސަތު ދީފައި އޮތުމުން ތަހުގީގުގައި ކުރާ ހުރިހާ މަސައްކަތެއް ބައެއް ފަހަރު މުޅިން ބަދަލުވެގެންދާ ކަމަށެވެ.
"އަޅުގަނޑުމެން މައްސަލަ މި ތަހުގީގު ކުރަނީ އެ މައްސަލައިގައި ހިމެނޭ މީހުން ވަކިވަކިން ބައިތިއްބައިގެން، އެކަކު އަނެކަކާ ބައްދަލު ނުވާނޭ ގޮތަށް. އެ ހާލަތުގައި އެ މީހުންގެ ފަރާތުން ވަރަށް ބޮޑަށް ތަހުގީގަށް އެއްބާރުލުން ލިބޭ، އަދި އެ މީހުން އެ ކުރި ކުށެއް ކުރި ގޮތަށް އެބަ ކިޔައިދޭ. އެ މައްސަލައިގައި އެކަކު ކުރި ކަންތައް އަނެކަކު އެބަ ކިޔައިދޭ ވަރަށް ސާފު ކޮށް. ދެން މިވާ ގޮތަކީ، އެއް ވަކީލަކާ އެ ދެ މީހުންނާ ބައްދަލުވުމުން ދެ މީހުންގެ ވާހަކަ މުޅިން ބަދަލުވެގެން އެބަ ދޭ. އޭގެ ކުރިން ތަހުގީގުގައި ނުދައްކާ ވާހަކަތައް އުފައްދައިގެން އަދި އެ ކުށާ އެއްވެސް ގުޅުމެއް ނެތް ގޮތަކަށް މުޅި ކުށުގެ ވެށި ބަދަލުކޮށްލާ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނާ ގޮތުގައި ގިނަ ބަޔަކު ތަމްސީލު ކުރަން އެއް ވަކީލަކު އައްޔަން ވުމުން، ތަހުގީގަށް ބޮޑަށް ހުރަސް އެޅިގެން ދަނީ، މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރީ ކުރުމުގެ ބޮޑެތި މައްސަލަތަކާއި ބޮޑެތި މާރާމާރީ އާއި މީހުން މެރުމުގެ މައްސަލަތަކުގަ އެވެ. އަދި އެ މައްސަލަ ކުރިމަތިވަމުން އަންނަނީ ވަރަށް މަދު ވަކީލުންގެ ފަރާތުން ކަމަށާއި، އެ ވަކީލުން ގިނައިން އައްޔަން ވާނީ ވެސް އެފަދަ ބޮޑެތި މައްސަލަތަކުގައި ކަން ވެސް ފުލުހުން ފާހަގަކުރި އެވެ.
ތަހުގީގެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ބައެއް ވަކީލުންގެ އަމަލުތައް ހުންނަނީ ޕްރޮފެޝަނަލް ހަމަތަކާ ޚިލާފަށް ކަމަށް ބައެއް ވަކީލުންނާއި ފުލުހުން ވެސް އެއްބަސްވޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސް ވީ ވަކީލަކު ވިދާޅުވީ ބައެއް ވަކީލުންނަކީ އެ މީހުންގެ ޕްރޮފެޝަނަލް މަސައްކަތަށް ވުރެ ބޮޑަށް، ކުށްވެރިންނާ ގުޅިގެން މާލީ ފައިދާތަކެއް ހޯދަން މަސައްކަތް ކުރާ ބައެއް ކަމަށެވެ. ނަމަވެސް އެއީ މަދު ބައެއް ކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
"މިހެން މި ބުނީ މިސާލަކަށް ކުޑަކުދިންގެ އުމުރުގައި ހިމެނޭ ކުއްޖަކު މައްސަލައެއްގައި ހައްޔަރު ކުރުމުން އޭނާގެ ވަކީލަކު އައްޔަން ވާއިރު، ގިނަ ފަހަރަށް މައިންބަފައިންނަށް ނުވެސް އެނގޭ ވަކީލަކު އައްޔަންވި ކަމެއް ވެސް އަދި ވަކީލަކީ ކާކު ކަން ވެސް. ގައިމު އެ ކުއްޖާ ހައްޔަރުކުރި ކަމާއި އެ މައްސަލައިގައި މަސައްކަތް ކޮށްދީފިއްޔާ އެ ކަމުގެ ފީ ދޭނެ ކަމަށް ކޮންމެވެސް މީހަކު ބުނެގެންތާ އެ ވަކީލަކު އައްޔަންވާނީ ވެސް،" އެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.
ފުލުހުން ވެސް ފާހަގަކުރީ ދާދި މި ކަހަލަ މައްސަލަތަކެކެވެ. ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން މެދުވެރިވާ ކަންތަކުގެ ސަބަބުން ތަހުގީގަށް ހުރަސްއެޅި، ނުވަތަ ތަހުގީގު ފުރިހަމަ ނުކުރެވި އެތައް ދުވަހެއް ދިގުލައިގެން ދިއުމާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ވަކީލުން ގުޅިގެން މުޅި މައްސަލަ އަނެއް ފުށަށް ޖަހައިލާ މައްސަލަ އެވެ.
ފުލުހުންގެ އޮފިސަރަކު ވިދާޅުވި ގޮތުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ގާނޫނުއަސާސީގައި ލިބިދީފައިވާ ހައްގު، ފުލުހުންގެ އުސޫލުގެ ސަބަބުން ހަނިވެގެންނެއް ނުދެ އެވެ. އެ އުސޫލަށް އަމަލު ކުރިޔަސް އެ މީހަކު ބޭނުން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެމީހަކަށް މިހާރު ވެސް އޮންނާނެ އެވެ.
ނަމަވެސް، އެ މައްސަލައިގައި ހިމެނޭ އެހެން މީހެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ ވަކީލަކު އައްޔަން ނުކުރެވޭ ގޮތަށް ހަމަޖެއްސީ ތަހުގީގުގެ މަރުހަލާތަކަށް ހުރަސްއެޅި، އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ އެއްބައި ފުރިހަމަ ވުމަށް ދަތިތަކެއް ކުރިމަތިވާތީ ކަމަށް ފުލުހުން ފާހަގަކުރެ އެވެ.
ރައްޔިތުން ނުކުމެ ގަންހިންގާ ހިސާބަށް ދިޔައީތަ؟
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ޖިންސީ ގޯނާގެ ހުރިހާ މައްސަލަތަކެއް ބަލާނަން: މަޖިލިސް
ގާނޫނަކުން އެކަނި ހެކިވެރިޔާ ހިމާޔަތް ކުރެވިދާނެތަ؟
ގާޒީންނާއި ފުލުހުން ތިބެނީ ކުށްވެރިންނާ ގުޅިފައި:ސަލީމް
ފުލުހުންނަށް ހިމާޔަތެއް ނެތް،އަހަރެމެންގެ ހާލަކީ ކޮބާ؟
އޮޕަރޭޝަން ފެށުމާ އެކު ނާޒިމް "ފިލައިފި"
ގަމު މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި
ޝުޖާއު، އިދިކޮޅުގެ ވަކީލުންގެ ޓީމާ ގުޅިއްޖެ
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ