Roadha Mihaaru
އާސަންދައިގެ އެމްޑީ މައުމޫން ހައުސިންއަށް ބަދަލުކޮށްފި

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މައުމޫން ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފި

25 މެއި 2017

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު މިއަދު އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު މިއަދު އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި މައުމޫން އާސަންދައިގެ އެމްޑީ ކަމުން ވަކިކުރެއްވިއިރު، ފަސްޓް ލޭޑީގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި މައުމޫންއާ އެކު އިސްކޮށް ހަރަކާތްތެރިވި، އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވެސް ވަނީ މިދިޔަ ހަފުތާގައި ވަކިކޮށްފަ އެވެ.

މުޖުތަބާ ވަނީ އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މިހާރު ބަދަލުކޮށްފަ އެވެ. އަދި މިއަދު ވަނީ ހައުސިން މިނިސްޓަރުގެ ނައިބަކަށް މައުމޫން އައްޔަން ކުރައްވައިފަ އެވެ.

އދ. ދަނގެއްޗަށް އުފަން މައުމޫން އަކީ ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އެކަމަކު ފަހުން އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރުކަމަށް މައުމޫނަށް އައްުޔަން ކުރެއްވީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެވެ.