ޑާކާ (މެއި 22) - ސައުދީ އަރަބިއާ އިން ދޭ އެއް ބިލިއަން ޑޮލަރުގެ އެހީގައި 560 މިސްކިތް އެޅުމުގެ މަޝްރޫއެއް ބަންގްލަދޭޝް ސަރުކާރުން ފަށަން ތައްޔާރުވެއްޖެ އެވެ.
22 މެއި 2017
ޑާކާ (މެއި 22) - ސައުދީ އަރަބިއާ އިން ދޭ އެއް ބިލިއަން ޑޮލަރުގެ އެހީގައި 560 މިސްކިތް އެޅުމުގެ މަޝްރޫއެއް ބަންގްލަދޭޝް ސަރުކާރުން ފަށަން ތައްޔާރުވެއްޖެ އެވެ.
ބަންގްލަދޭޝް ސަރުކާރުން ނިންމާފައި ވަނީ އެ ގައުމުގެ ކޮންމެ ޓައުނެއްގައި މިސްކިތެއް އެޅުމަށެވެ. މި ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 1.07 ބިލިއަން ޑޮލަރެވެ. މީގެ ތެރޭން ބޮޑުބައި، އެއް ބިލިއަން ޑޮލަރު ދިނުމަށް ސައުދީން ނިންމީ ބޮޑު ވަޒީރު ޝެއިޚް ހަސީނާ މިދިޔަ އަހަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުސްތަފާ ކަމާލް ވިދާޅުވި އެވެ.
ބަންގްލަދޭޝް ސަރުކާރުން ހިންގާ އިސްލާމިކް ފައުންޑޭޝަނުގެ ރައީސް ޝަމީމް އަފްޒަލް ވިދާޅުވީ މިސްކިތްތައް އިމާރާތް ކުރާނީ ރިސާޗް ކުރެވޭ މަރުކަޒުތަކާއި ލައިބްރަރީތަކާއި ސަގީފީ ސެންޓަރުތައް ވެސް ހިމަނައިގެން ކަމަށެވެ.
"މިއީ އިސްލާމް ދީނުގެ ހަގީގީ މައުލޫމާތު ފޯރުކޮށް ދިނުމަށް އެންމެ ފުރިހަމަ ގޮތް،" އޭނާ ވިދާޅުވި އެވެ.
މިސްކިތް އަޅާތީ އެއް ބަޔަކު ބުނަނީ މިއީ އިންތިޚާބުގެ ކުރިން އިސްލާމީ ޖަމާއަތްތަކުގެ ހިތް ރުއްސަން ހަސީނާގެ ސަރުކާރުން އިއުލާން ކުރި މަޝްރޫއެއް ކަމަށެވެ.
ބަންގްލަދޭޝްގައި ހައްދުފަހަނަޅައި ދިއުމުގެ ހަރަކާތްތައް އިތުރުވެ ޓެރަރިސްޓް ހަމަލާތައް ދޭން ފެށުމުން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ޓެރަރިޒަމް ހުއްޓުވުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. ބަންގްލަދޭޝްގެ ދީނީ ބައެއް ފަރާތްތަކުން ބުނަނީ ހުރިހާ މިސްކިތްތަކެއް ހިންގުން ސަރުކާރުގެ ކޮންޓްރޯލް ދަށަށް ގެންނަން ޖެހޭ ކަމަށެވެ. ހަރުކަށި ކަމަށް ހިތްވަރު ލިބެނީ ބައެއް މިސްކިތްކުގައި ދޭ ޚުތުބާގެ ސަބަބުން ކަމަށް ވެސް އެފަދަ ބައެއް ފަރާތްތަކުން ބުނެ އެވެ.
ފަރީދުގެ ނަމުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި
ފަރީދުގެ ހަނދާނުގައި މިސްކިތް އަޅަން ފައިސާ ހަމަވެއްޖެ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަށް އެދިއްޖެ
ފަޒީލް ހިމެނޭހޭން 3 ގައުމެއްގެ ސަފީރުންނަށް ރުހުންދީފި
މަސްޖިދުއް ނަބަވީގެ ތަރައްގީއަށް އާ މަޝްރޫއެއް
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ހުޅުވަން ވަލީއަހުދު ރާއްޖެއަށް
މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައޫދީގެ ވަފުދެއް
މިސްކިތްހުޅުވުން ލަސްވަނީ ސައުދީ އޮފިޝަލުންނަށް ނާދެވޭތީ