20 މެއި 2017
ދިވެހި ދެމަފިރިއަކާއި ސްރީ ލަންކާގެ ހަތަރު މީހުންނާއެކު ދަތުރު ކުރަނިކޮށް ގެއްލިފައިވާ ކޮޅުވެއްޓި ހޯދުމުގައި އިންޑިއާގެ އިތުރުން ސްރީ ލަންކާ އިން ވެސް އެހީތެރިކަން ލިބެމުން އަންނަ ކަމަށް ދިވެހި ސިފައިން މިއަދު ބުނެފި އެވެ.
ދިވެހި ދެމަފިރިއަކާއި ސްރީ ލަންކާގެ ހަތަރު މީހުންނާއެކު ދަތުރު ކުރަނިކޮށް ގެއްލިފައިވާ ކޮޅުވެއްޓި ހޯދުމުގައި އިންޑިއާގެ އިތުރުން ސްރީ ލަންކާ އިން ވެސް އެހީތެރިކަން ލިބެމުން އަންނަ ކަމަށް ދިވެހި ސިފައިން މިއަދު ބުނެފި އެވެ.
މިދިޔަ އަންގާރަދުވަހު ކ. ތުލުސްދޫ އިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް ގެއްލުނު "މާރިޔާ 3" ގައި ތ. ވިލުފުށީ ދެމަފިރިއަކު ވެސް ތިއްބެވެ. އެ އުޅަނދުގެ ކެޕްޓަނަކީ ދިވެހި ފިރިހެންމީހާ އެވެ.
ކޮޅުވެއްޓީގެ ޚަބަރެއް ނުވުމުން އެ އުޅަނދު ހޯދުމުގައި އިންޑިއާގެ އިތުރުން ލަންކާގެ އެހީތެރިކަމާ އެކު ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ.
އިންޑިއާގެ މަނަވަރަކާއި އިންޑިއާގެ ކަނޑު ސިފައިންގެ މަތިންދާބޯޓެއް ބޭނުން ކޮށްގެން ކަނޑު ސަރަހައްދު މިއަދު ވެސް ބަލަމުން އަންނަ ކަމަށާއި އެ އޮޕަރޭޝަންގައި ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދެއް ވެސް ހަރަކާތްތެރިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ވަނީ އޮޔާދާ އެއްޗެހިތަކަކާއި ކަނޑަށް އެޅިފައިވާ ތެޔޮތަކެއް ފެނިފަ އެވެ. އެތަކެތި ފެނުނީ ލ. އިސްދޫއާ 50 ނޯޓިކަލް މޭލު ދުރުންނެވެ. އެ ތަކެތި ފެނުމުން، އެ ތަކެއްޗާ ގެއްލުނު އުޅަނދާ ގުޅުންހުރިތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
ސްރީ ލަންކާގެ ކުންފުންޏެއްގެ އެ ކޮޅުވެއްޓި ގެއްލުނީ ތުލުސްދޫ ބަނދަރު ހެދުމަށް ބޭނުންވާ ސިމެންތި އެރަށަށް ބޭލުމަށް ފަހު ގަމަށް ދަތުރު ފެށީ ގަމު ތުނޑީ އަވަށުގައި ހަދަމުންދާ ބަނދަރަށް ބޭނުންވާ އެއްޗެހި ހިފައިގެން ދިއުމަށް ކަމަށް ބެލެވެ އެވެ.
ގެއްލުނު ދޯނި ހޯދަން ދެ ގައުމެއްގެ އެހީ އަށް އެދެފި
ކޮޅުވެއްޓި ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން އެއްބަސްވެއްޖެ
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ
އިންޑިއާ އާއި ލަންކާއަށް އޮފިޝަލުން ފޮނުވައިފި
ރާއްޖެ، ލަންކާ، އިންޑިއާ ސެކިއުރިޓީ ޑައިލޮގް ފަށަނީ
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި
ބޭރުގައި ތިބި މީހުންނަށް 1،061 ޕެކޭޖް ފޯރުކޮށްދީފި