17 މެއި 2017
ކާޑުގެ ބާވަތްތަކުގެ އަގު މާލެ އަށް ހެޔޮވި ނިސްބަތުން، ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގު އިކޮނޮމިކް މިނިސްޓްރީން ކުޑަކޮށްފި އެވެ.
ކާޑުގެ ބާވަތްތަކުގެ އަގު މާލެ އަށް ހެޔޮވި ނިސްބަތުން، ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގު އިކޮނޮމިކް މިނިސްޓްރީން ކުޑަކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ރާއްޖެ ތިން ޒޯނަކަށް ބަހާލައި، ކޮންމެ ޒޯނެއްގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގުތަކެއް ކަނޑައަޅައިފަ އެވެ. އެކަމަކު މީގެ ކުރިން އެ މިނިސްޓްރީން ކާޑުގެ ކޮންޓްރޯލް އަގު ކަނޑައަޅާފައި ވަނީ ކޮންމެ އަތޮޅަކަށް ވަކި ރޭޓެކެވެ.
އެ މިނިސްޓްރީން އަލަށް ހަމަޖެއްސި އުސޫލްގެ ދަށުން އެންމެ އުތުރު ހަތަރު އަތޮޅުގައި ހަނޑޫ ކިލޯއެއް ވިއްކޭނީ 7.78ރ. އަށެވެ. އަދި ހަކުރު ކިލޯއެއް 7.82ރ. އަށް ހަމަޖެއްސިއިރު ފުށް ކިލޯއެއް ވިއްކޭނެ އަގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 6.28ރ. އަށެވެ. އޭގެ އިތުރުން ނ އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ޒޯން ދޭއްގައި ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7.58ރ. އަށެވެ. ހަކުރު ކިލޯއެއް 7.62ރ. އަށް ހަމަޖެއްސިއިރު ފުށް ކިލޯއެއް ވިއްކެނީ 6.08ރ. އަށެވެ. ލ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތައް ހިމެނޭ ތިންވަނަ ޒޯނުގައި ހަނޑޫ ކިލޯއެއް ވިއްކަން ޖެހެނީ 7.97ރ. އަށެވެ. އަދި ހަކުރު ކިލޯއެއް 8.01ރ. އަށް ވިއްކާ ގޮތަށް ހަމަޖެއްސިއިރު ފުށް ކިލޯއެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 6.47ރ. އަށެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކާނެ ކޮންޓްރޯލް އަގު ހަމަޖައްސާފައި ވަނީ މާލޭގައި ކާޑުގެ ބާވަތްތައް ވިއްކޭ އަގަށް ބަދަލުގެ ނިސްބަތުން ކަމަށެވެ. މާލޭގައި ވިއްކާ އަގުގެ އިތުރުން ދެން ހިމަނާފައި ވަނީ މަޖޫރީ އަދި ނާލުގެ އަގު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ކާޑުގެ ބާވަތްތައް ވިއްކާނެ ކޮންޓްރޯލް އަގެއް ހަމަޖެއްސި އިރު ޒޯންތަކެއް ކަނޑައެޅީ ކީއްވެގެން ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.
ކާޑުގެ ބާވަތްތައް ވިއްކުމަށް ކޮންމެ އަތޮޅަކަށް ވަކި ރޭޓެއްގެ ބަދަލުގައި ތިން ޒޯނަކަށް ބަހާލުމުން އެކި އަތޮޅުތަކަށް ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮވެފައި ވަނީ އެކި މިންވަރަށެވެ.
އެސްޓީއޯ އިން މިދިޔަ މަހު ނިންމީ ހަނޑޫ، ހަކުރު ބަސްތާއަކުން 60 ރ. ކުޑަކުރުމަށެވެ. އެއީ އޭރު ވިއްކި އަގަށް ވުރެ 15 ޕަސެންޓް ހެޔޮވުމެކެވެ. އޭގެ އިތުރުން ފުށް ބަސްތާއަކުން 35ރ. ހެޔޮކުރަން ވެސް ނިންމާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 12 ޕަސެންޓެވެ.
ކާޑަށް ދެމުންގެންދިޔަ ސަބްސިޑީ ކަނޑާލުމަށް ފަހު، ހަނޑޫ ކިލޯއެއް މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިއްކަނީ 7.96ރ. އަށެވެ. އޭގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އެ ދުވަހުން ފެށިގެން ބޮޑުކޮށްފަ އެވެ. ފުށް ކިލޯއެއް އޭގެ ކުރިން ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
ކާޑުގެ ބާވަތްތައް ވިއްކާ އަގު ބޮޑުކުރުމުން އެކަމާމެދު ހިތްހަމަނުޖެހިގެން ވަރަށް ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އަދި ބައެއް ރަށްރަށުގައި މުޒާހަރާ ވެސްކުރި އެވެ.
ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި
މުދާ އެތެރެކުރުމުގައި ދައްޗެއް ނެތް: ވިޔަފާރިވެރިން
މާލެއާ އެއްއަގެއްގައި ރަށްރަށުގައި ކާޑުވިއްކަން ފަށައިފި
ކާޑު ވިއްކާ މީހުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި
ކާޑުގެ އަގު ހެޔޮވުން: ރަށްރަށު މީހުންނަށް ލުޔެއް
އޭޕްރީލް މަހުން ފެށިގެން ކާޑުގެ އަގު އެއް އަގަކަށް
ކާޑުގެ ބާވަތްތައް އަގު ބޮޑުކޮށް ވިއްކުމުގެ ޝަކުވާ ލިބޭ
ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރަން ނިންމައިފި
ކާޑާއި ތެލުގެ އަގު ހެޔޮކޮށްފި
"އެއް އަގެއްގައި ކާޑު ވިއްކަން ފަސޭހައެއް ނުވާނެ"