ތިން މީހުންނާ އެކު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް އަލިފާން ރޯވެ އަޑިޔަށް ދިޔަ ލޯންޗެއްގެ އިންޝުއަރެންސަށް 600،000 ޑޮލަރު (9.2 މިލިއަން ރުފިޔާ) ދޭން އަމާނާ ތަކަފުލްގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.
15 މެއި 2017
ތިން މީހުންނާ އެކު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް އަލިފާން ރޯވެ އަޑިޔަށް ދިޔަ ލޯންޗެއްގެ އިންޝުއަރެންސަށް 600،000 ޑޮލަރު (9.2 މިލިއަން ރުފިޔާ) ދޭން އަމާނާ ތަކަފުލްގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.
"ޝަރޫ -5" ލޯންޗުގައި އަލިފާން ރޯވެ އަޑިއަށް ދިޔަ ހާދިސާ ހިނގީ 2013 ގަ އެވެ. ނަމަވެސް އިންޝުއަރެންސް ފައިސާ ދީފައެއް ނުވެ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ލޯންޗުުގައި ރޯވީ ގަސްދުގައި ހިންގި އަމަލަކުން ކަމަށް ސާބިތުވާ ވަރަށް ޝަރީއަތަށް ކާފީ ހެކި ލިބިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދޭން އަމާނާ ތަކަފުލް އިން ދައްކާ ސަބަބުތަކަށް ޝަރީއަތުން ބުރަވެވެން ނެތް ކަމަށް ވެސް، ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައިވެ އެވެ.
އެ ލޯންޗު ނިސްބަތްވާ ޝަރޫ ލޯންޗު ސާވިސްއަށް އެ ފައިސާ ދަައްކަން އަމާނާ ތަކަފުލްއަށް ދިނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެވެ.
ގާތްގަނޑަކަށް 42 ފޫޓުގެ ލަގްޒަރީ މި ލޯންޗުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އެ ދުވަސްވަރު އެމްއެންޑީއެފުން ބުނި ގޮތުގައި، ލޯންޗުގެ ޖެނެރޭޓަރު ރޫމުގައި އޮތް ކާޕެޓެއްގަ އެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ލޯންޗް އަނދަން ފެށުމުން އޭގައި ތިބި ތިން މީހުން ކަނޑަށް ފުންމާލީ އެވެ. އެ މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުންނެވެ.
ބޭންކު ނޫނަސް މާލީ އެހެން އިދާރާތަކުން ޖޫރިމަނާ ނެގޭނެ
ލޯންޗަކުން ޖެހި ޒަހަމްވި ޓޫރިސްޓަކު ބަދަލު ހޯދަނީ!
ރައްކާތެރިކަން ޔަގީން ކުރުމަށް އަމާނާ ތަކާފުލް
އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދިނުމުގެ ހުކުމެއް
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ސީލައިފްއާ ދެކޮޅަށް އެޗްޑީސީން ކުރި ދައުވާ ނަގައިފި
ނާޒިމް މިލިއަން ރުފިޔާ ދޭންޖެހޭކަން ސާބިތެއް ނުވި
ސަންފްރޮންޓަށް 20 މިލިއަން ދޭން ދައުލަތަށް ހުކުމެއް
އިއުތިރާޒުތައް ބަލައިނުގަނެ، ޖަވާބުދާރީވާން އަންގައިފި
ލޯންޗަކާއި ޓަގެއް ޖެހި، އެކްސިޑެންޓްވެ މީހަކަށް އަނިޔާ