Roadha Mihaaru
ލޯނު ލިބޭ ދަރިވަރުންނަށް ލިއުން ދިނުން މި ހަފުތާގައި

ލޯނު ލިބޭ ދަރިވަރުންނަށް މި ހަފުތާގައި ލިޔުން ހަވާލުކުރަނީ

15 މެއި 2017

މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންނަށް މި ހަފުތާގައި އެކަމުގެ ލިއުން ހަވާލުކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ލިބޭ ދަރިވަރުންނަށް މި ހަފުތާގައި އެކަމުގެ ލިއުން ހަވާލުކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.

އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވީ މިދިއަ އޮކްޓޫބަރު މަހު އިއުލާނުކުރި ލޯނު ސްކީމަށް ކުރިމަތިލި ދަރިވަރުންގެ އަދަދު ކުރިއަށް ވުރެ ގިނަ ކަމަށެވެ. ކުދިން ކަނޑައެޅުން ލަަސްވީ ވެސް ފޯމުތައް ބަލައި ވެރިފައި ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށް އަހަރަކު ދެ ފަހަރު އެޑިޔުކޭޝަން މިނިސްޓްރީން ލޯނަށް ހުޅުވާލަ އެވެ.

ނަސީމް ވިދާޅުވީ މިދިޔަ އަހަރުގެ ލޯނު ލިބޭ ދަރިވަރުންނަށް ލިއުން ހަވާލުކުރުމަށް ފަހު މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލާނެ ކަމަށެވެ.

ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރަން މި ފަހަރު 350 ދަރިވަރަކަށް ފުރުސަތު ދެ އެވެ. އަދި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަން 550 ފުރުސަތު ކަނޑައަޅާފައިވެ އެވެ.

.