Roadha Mihaaru
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިފާގް

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިފާގް އައްޔަން ކުރައްވައިފި

14 މެއި 2017

ހިއުމަން ރައިޓްސް ކޮމިޝަނަ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުން މިދިޔަ ބުރާސްފަތިދުވަހު އިސްތިއުފާ ދެއްވި ޝިފާގް މުފީދު (ހިސްޓޯ) ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުން މިދިޔަ ބުރާސްފަތިދުވަހު އިސްތިއުފާ ދެއްވި ޝިފާގް މުފީދު (ހިސްޓޯ) ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި ޝިފާގް އެ ކޮމިޝަނުން އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަކަށް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު އެޗްއާރުސީއެމްގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން މީގެ ކުރިން އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ހޯމް މިނިސްޓްރީގައި މިހާރު ވެސް ދެ ސްޓޭޓް މިނިސްޓަރަކާއި އަށް ޑެޕިއުޓީ މިނިސްޓަރަކު ތިއްބަވަ އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު، ޝިފާގާ އެކު 11 އަށް އަށް މިހާރު ވަނީ އަރައިފަ އެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ޝިފާގް އެޗްއާރްސީއެމަށް އައްޔަންކޮށްފައި ވަނީ އޯގަސްޓް 2015 ގަ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދިނީ އޮކްޓޯބަރު 2015ގަ އެވެ.

ޝިފާގް ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ އިދިކޮޅު އެމްޑީޕީން ކަމަށްވާއިރު، މަޖިލިހުގެ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ވެސް އޭނާ ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޓިކެޓްގަ އެވެ. އޭގެ ފަހުން ޕީޕީއެމްގައި އުޅުއްވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެރިކަމަށް އައުމާ އެކު އަނެއްކާވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެ.