14 މެއި 2017
ކަރަންޓުގެ އަގު ހެޔޮކުރެވޭތޯ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ.
ކަރަންޓުގެ އަގު ހެޔޮކުރެވޭތޯ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އިން ހިންގާ އިންޖީނުގެތަކުގެ ވެރިންގެ މަހާސިންތާ ހުޅުވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްޓެލްކޯ އިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ އަގު ރަނގަޅު ކުރަން ޓެކްނޮލޮޖީގެ އިންގިލާބާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސްޓެލްކޯ އިން އަންނަނީ ސޯލާ އެނާޖީ ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓް އުފައްދަމުން ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
"މިއަދު ސްޓެލްކޯ އިން ހާސިލްކޮށްފައިވާ ކާމިޔާބުތަކަކީ އެ އަށް ވުރެ ޖޫނިއާ ކުންފުނިތަކަށް މިސާލަކަށް ބަލައިގަންނަން ޖެހޭ ކަމެއް. ހަމާ އެއާ އެކު އެކީގައި ސްޓެލްކޯ އިން ކުރަމުން ގެންދާ އަގުހުރި މިންނެތް ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ އާއި މާލެއާ ދެމެދު ކަރަންޓުގެ ވިއުގަ އެއް ވިއުގައަަކަށް ހަދައި 50 މެގަވޮޓްގެ ކަރަންޓް އުފެއްދޭ މިންވަރަށް މި ވިއުގަ ތަރައްގީކޮށް ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތަކީ ޔަގީނުން ވެސް މި ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގައި ކުރެވޭ އެންމެ އަގު ބޮޑު އެއް މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.
ސްޓެލްކޯގެ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން މިއަދު ފެށި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
އަޒްލީން ވިދާޅުވީ މިހާތަނަށް 300 ވަޒީފާ އުފައްދާފައިވާ އިރު އެ ކުންފުނީގައި ޖުމްލަ 800 މީހުން ވަޒީފާ އަދާކުރާ ކަމަށެވެ. އެ ކުންފުނިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއާއެކު ޖުމްލަ 35 އިންޖީނުގެ ހިންގަ އެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދާ މަހާސިންތާއަކީ ސްޓެލްކޯގެ ހިދުމަތް ރައްޔިތުންގެ އުއްމީދާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން މުހިންމު މަހާސިންތާއެއް. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަޅުގަނޑުމެންގެ މުވައްޒަފުންގެ އަމާޒަކަށްވާން ޖެހެނީ އޭރަކު އޮންނަ ސަރުކާރެއްގެ އަމާޒާ އެއްގޮތަށް ރައްޔިތުންނަށް، އޭރަކު އޮންނަ ސަރުކާރަކުން ވެވަޑައިގަންނަވާ ވައުދުތައް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭ، ރައްޔިތުންނަށް ފަސޭހަ ހިދުމަތަކަށް ހެދުން،" އަޒްލީން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އެ މަހާސިންތާ އިން ރައްޔިތުންގެ ތެރޭގައި ހުރި ޝަކުވާތަކީ ކޮބައިތޯ ބަލައި އެއް ދިމާލަކަށް ގެނެސް، އެ ކަންކަން ރަނގަޅުކުރުމުގެ ރޫހު އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.
"މި މަހާސިންތާގައި މަޝްވަރާކުރެވޭ ކަންތައްތަކަކީ އެއް ބަޔަކު އަނެއް ބަޔަކާ މަޝްވަރާކޮށް އެކަމުގެ އިތުރު ސްޓްރެޓެޖީތައް ނެރެ، ރައްޔިތުންނަށް މި ހިދުމަތް ދިނުމުގައި ތި ބޭފުޅުންނަށް އިތުރަށް ސާބިތުކަމާއެކު ދެމިތިއްބެވޭނެ،" އަޒްލީން ވިދާޅުވި އެވެ.
މި ހަފުތާގެ ނިޔަލަށް ކުރިޔަށް ގެންދާ މަހާސިންތާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ހިދުމަތް ދިނުމުގެ ރޫހު އާލާކޮށް، ހިންގުމުގެ ހުނަރު އިތުރުކޮށް އަދި އިތުބާރުހުރި ހިދުމަތެއް ދެވިދާނެ ގޮތްތައް ތަނަވަސްކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން މުވައްޒަފުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ އަދި ބައިވެރިންނަށް ކަމާ ގުޅޭ ތަމްރީނު ލިބިދެވޭނެ ގޮތްތަކެއްގެ މައްޗަށް މަހާސިންތާ ޑިޒައިންކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ދިހަ އަހަރު ފަހުން އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މަހާސިންތާގައި 70 މުވައްޒަފުން ބައިވެރިވެ އެވެ.
ހޫނު މޫސުމުގައި ކަރަންޓް ބިލު ބޮޑުވާތީ ކެމްޕޭނެއް
ސްޓެލްކޯ އިން ހުޅުލެ އަށް ކަރަންޓް ދޭން ފަށައިފި
ސްޓެލްކޯގެ ބޯޑުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ
މިދިޔަ މަހު 66 މެގަވޮޓް މާލޭގައި ބޭނުން ކުރި
ސްޓެލްކޯ އިން ފިއުލް ސާޗާޖު ބޮޑުނުކުރަން ނިންމައިފި
ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު ހެޔޮވަނީ
ކަރަންޓުގެ ފިއުލް ސާޗާޖް ހެޔޮކޮށްފި
ކަރަންޓުގެ އަގު މައްޗަށް، އަދިވެސް ދާނީ މަތިވަމުން
ސްޓެލްކޯ އިން އަނެއްކާވެސް ފިއުލް ސާޗާޖު ބޮޑުކޮށްފި
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ