23 ޖެނުއަރީ 2022
މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ފެށި ހާއްސަ މަޝްރޫއުގެ ދަށުން ހުޅުލެ އަށް ކަރަންޓް ދޭން ފަށައިފި އެވެ. ސްޓެލްކޯ އިން މިކަން ފާހަގަކޮށް ބުނެފައި ވަނީ، މިއީ ކަރަންޓުގައި އާ ހަރުފަތަށް ދެވުން ކަމަށެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ފެށި ހާއްސަ މަޝްރޫއުގެ ދަށުން ހުޅުލެ އަށް ކަރަންޓް ދޭން ފަށައިފި އެވެ. ސްޓެލްކޯ އިން މިކަން ފާހަގަކޮށް ބުނެފައި ވަނީ، މިއީ ކަރަންޓުގައި އާ ހަރުފަތަށް ދެވުން ކަމަށެވެ.
ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ހުޅުލެ އިތުރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. ހުޅުލެ އަށް ކަރަންޓް ދިނުމަށް އެމްއޭސީއެލްއާ އެކު ސްޓެލްކޯއިން އެއްބަސްވުމަކަށް އައިސްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައި އެ ވިއުގަ ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
މިދިޔަ އަހަރު މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް ކަރަންޓު ފޮނުވޭނެ ގޮތަށް އިންޓަކަނެކްޓް ވަނީ ކޮށްފަ އެވެެ،
މި ޕްރޮޖެކްޓާ އެކު ހަކަތައިގެ ސިނާއަތުގައި އާ ހަރުފަތަކަށް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑެތި ޓްރާންސްފޯމަރުތައް މާލެ އާއި ހުޅުމާލޭގައި ވަނީ ބަހައްޓައިފަ އެވެ.
ހުޅުމާލޭގައި ހުންނަނީ 50 މެގަވޮޓުގެ އިންޖީނުގެ އެކެވެ. ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓްގެ ކަރަންޓެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލޭގެ ކަރަންޓު ޑިމާންޑު ފޫބައްދަން މާލެ އަށް ބަހާލާނެ އެވެ.
މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވާއިރު، މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުމާ އެކު ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯ އިން ކުރިން ބުނެފައި ވެ އެވެ.
ހޫނު މޫސުމުގައި ކަރަންޓް ބިލު ބޮޑުވާތީ ކެމްޕޭނެއް
ސްޓެލްކޯގެ ބޯޑުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ
މިދިޔަ މަހު 66 މެގަވޮޓް މާލޭގައި ބޭނުން ކުރި
ސްޓެލްކޯ އިން ފިއުލް ސާޗާޖު ބޮޑުނުކުރަން ނިންމައިފި
ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު ހެޔޮވަނީ
ކަރަންޓުގެ އަގު ހެޔޮކުރެވޭތޯ މަސައްކަތް ކުރަނީ
ކަރަންޓުގެ ފިއުލް ސާޗާޖް ހެޔޮކޮށްފި
ކަރަންޓުގެ އަގު މައްޗަށް، އަދިވެސް ދާނީ މަތިވަމުން
ސްޓެލްކޯ އިން އަނެއްކާވެސް ފިއުލް ސާޗާޖު ބޮޑުކޮށްފި
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ