08 މެއި 2017
ލަންޑަން (މެއި 8) – ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން އާސެނަލް މޮޅުވުމުން އެ ޓީމުގެ ސަޕޯޓަރުންނަށްޓަކައި އުފާވާ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލަންޑަން (މެއި 8) – ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން އާސެނަލް މޮޅުވުމުން އެ ޓީމުގެ ސަޕޯޓަރުންނަށްޓަކައި އުފާވާ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
"އާސެނަލް ސަޕޯޓަރުން ތިބީ އުފަލުން. އަހަރެން އެ ސަޕޯޓަރުންނަށްޓަކައި އުފާކުރަން. މިއީ އަހަރެން ހައިބަރީ (އާސެނަލްގެ ކުރީގެ ސްޓޭޑިއަމް) ނުވަތަ އެމިރޭޓްސް އިން ނުކުތްއިރު އާސެނަލް ސަޕޯޓަރުން އުފާވެފައި ތިބި ފުރަތަމަ ފަހަރު. އަހަރެން (މީގެ ކުރިން) ހައިބަރީން ނުކުތްއިރު އެ މީހުން ތިބީ ރޯން. އަހަރެން އެމިރޭޓްސް އިން ނުކުންނައިރު ވެސް ތިބެނީ ރޯން،" މޮރީނިއޯ ބުންޏެވެ.
"އެންމެ ފަހުން މިއަދު އެ މީހުން އުފާފާޅުކުރި."
މޮރީނިއޯ ބުނީ އާސެނަލް ފަދަ ބޮޑު ޓީމަކަށް ކާމިޔާބީ ނުލިބޭތީ އޭނާ އެކަމާ ހިތްހަމަނުޖެހޭ ކަމަށެވެ.
"އެކަމަކު މިއަދު އަހަރެން މޮޅުވާން މަސައްކަތްކުރިން،" މޮރީނިއޯ ބުންޏެވެ. "އާސެން ވެންގާ އަކީ އާދައިގެ ކޯޗެއް ނޫން. އޭނާ އަކީ ބޮޑު ކޯޗެއް. އޭނާއާ ދެކޮޅަށް އެތައް މެޗަކުން މޮޅުވުމާއި ބަލިނުވުމުގެ ރެކޯޑް އޮތުމަކީ އާދައިގެ ކަމެއް ނޫން."
"ވެންގާ އަށް ބަހުގެ ހަމަލާ ފޮނުވުނީތީ ހިތާމަކުރަން"
މިރޭ މޮރީނިއޯއަށް ބަސް ޕާކެއް ނުކުރެވޭނެ: ވެންގާ
މޮރީނިއޯއާ ޒާތީ ކަމެއް ނެތް، ވެންގާގެ އަމާޒު މޮޅަކަށް
މޮރީނިއޯއާ މައްސަލައެއް ނެތް، ސަލާމްކުރާނަން: ވެންގާ
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލޯނު އުސޫލުން ސަންޗޯ ޗެލްސީއަށް، ސްޓާލިން އާސެނަލަށް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް