18 ޖޫން 2016
ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހިން 80 ވަރަކަށް ގޯތި ބިޑް އުސޫލުން ވިއްކަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހިން 80 ވަރަކަށް ގޯތި ބިޑް އުސޫލުން ވިއްކަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެތަނުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
"މިއީ ދިރިއުޅެން ވިއްކާ ގޯތިތަކެއް. އަޅުގަނޑުމެން މިދަނީ އެ ގޯތިތައް ވިއްކަން ފެށުމަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައްވަމުން،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެއްގަމު ތޮށިލުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ
ސައިމަން ވިދާޅުވީ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައި ވަނީ 1،200 އަކަފޫޓާއި 2،400 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ. އަދި އެ ގޯތިތައް ވިއްކަން ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގެ މޫދާ ކުރިމަތިވާ ގޮތަށާއި ގޮނޑުދޮށް ސަރަހައްދާ ކައިރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އަދި އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި އެނޫންވެސް ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް އެތަން ތަރައްގީކުރަން އެޗްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ.
ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ
25 ބުރީގެ 16 ޓަވަރުގެ ބޮޑު ބައި މިއަހަރު ނިމޭނެ
ގޯތިތައް ދޫކޮށްފައި ހުރި ގޮތުން އުނދަގޫތަކެއް!
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތަ؟
އާންމުންގެ ޝަކުވާ: ވިނަރެސް ފްލެޓްތައް މާ އަގުބޮޑު!
ބީޗް ސައިޑްގެ 34 ބިމަށް 179 ބިޑް ހުށަހަޅައިފި
ހުޅުމާލޭން ވިއްކާ 26 ގޯއްޗަށް 211 ބީލަން
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހުޅުމާލޭގެ ބްރިޖުތައް އެޕްރީލްގައި ނިމޭނެ: އެޗްޑީސީ