16 ފެބުރުއަރީ 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ސައިޑްގެ 34 ބިމަށް 179 ބީލަން މިއަދު ހުށަހަޅައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ސައިޑްގެ 34 ބިމަށް 179 ބީލަން މިއަދު ހުށަހަޅައިފި އެވެ.
މިހާތަނަށް ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު އެންމެ ބޮޑު އަގަކަށް އޮތީ އަކަފޫޓަކަށް 9،001ރ. އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބީލަން ފޯމު ބަލައިގަތީ މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ.
ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމަށް ހުޅުވާލިއިރު އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ 26 ބިމާއި ބީޗް ސައިޑްގެ 34 ބިމެވެ.
ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، އެ ބިންތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.
ހުޅުމާލޭ ދެ ވަނަ ފޭސް: ދެ ވަނަ ފޭހުން ދޫކުރަން މި ފަހުން ނިންމީ ޖުމްލަ 60 ބިން.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ބީޗް ފްރަންޓުން ވިއްކާ 26 ބިމަށް 211 މީހަކު ބީލަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ އަގަކަށް އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ހުށަހަޅިޔަސް އެއީ އޮޅުމެއް ކަަމަށް އެ ބިން ގަންނަން ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ. އެހެންވެ، އޭނާގެ ބީލަން އެޗްޑީސީން މިހާރު ވަނީ ޑިސްކޮލިފައި ކޮށްފަ އެވެ.
ކާމިޔާބުކުރި ބީލަންތައް އުޅެނީ އެވްރެޖްކޮށް އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ. ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ.
ގޯތިތައް ދޫކޮށްފައި ހުރި ގޮތުން އުނދަގޫތަކެއް!
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތަ؟
އާންމުންގެ ޝަކުވާ: ވިނަރެސް ފްލެޓްތައް މާ އަގުބޮޑު!
ހުޅުމާލޭން ވިއްކާ 26 ގޯއްޗަށް 211 ބީލަން
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހުޅުމާލޭގެ ބްރިޖުތައް އެޕްރީލްގައި ނިމޭނެ: އެޗްޑީސީ
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!
ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓާލައިފި؟!
ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ