Roadha Mihaaru
ހުޅުމާލޭން ވިއްކާ 26 ގޯއްޗަށް 211 ބީލަން

ހުޅުމާލޭން ވިއްކާ 26 ގޯއްޗަށް 211 ބީލަން ހުށަހަޅައިފި

09 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓްގެ 26 ބިމަށް 211 މީހަކު މިއަދު ބީލަން ހުށަހެޅި ކަމަށް އެޗްޑީސީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓްގެ 26 ބިމަށް 211 މީހަކު މިއަދު ބީލަން ހުށަހެޅި ކަމަށް އެޗްޑީސީން ބުނެފި އެވެ.

އަތިރިމަތީގެ ކުރިމަތިން ވިއްކާ ބިންތަކަށް ބީލަން ހުށަހަޅަން ހުޅުވައިލީ މިއަދުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށް ވާއިރު، ބީލަން ކެނޑުން އޮންނާނީ މެންދުރު 1:00 އިން ފެށިގެން ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.

ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ބީލަން ހުށަހަޅަން މިއަދު ގޮސް ތިބި ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ބީލަން ހުށަހަޅަން މިއަދު ގޮސް ތިބި ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ވިއްކުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. މިއަދު ބީލަން ބަލައިގަތީ އެ ބިންތަކުގެ ތެރެއިން ބީޗް ފްރޮންޓްގެ 26 ބިމެއްގެ އެވެ.

ބާކީ 34 ބިން ވިއްކާނީ ބީޗް ސައިޑުން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 16 ގަ އެވެ. ނަމަވެސް އެ ބީލަން ހުޅުވުން ބާއްވާނެ ތަނެއް އަދި ނުނިންމަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 400 ގޯތި ވިއްކުމަށް ޔާމީންގެ ސަރުކާރުން މަސައްކަތްކުރި އެވެ. އެކަމަކު، އެތައް ބަޔަކު އެކަމާ ނުރުހުން ވުމުން އޭރު އެ މަސައްކަތް ހުއްޓައިލީ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމުގެ ކަންކަން މިއަދު ކުރިއަށް ގެންދަނީ: ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން 26 ބިމެއް ބީލަމުގެ އުސޫލުން ވިއްކާނެ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އެއް ލައްކަ ހެކްޓަރުގެ ބިން 42 މީހަކަށް ވިއްކި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމާ ގުޅޭ ކަންކަން އެޗްޑީސީގެ އޮފިޝަލުން މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ހުށަހެޅި ބީލަންތައް ކެނޑުމާ ގުޅޭ ކަންކަން އެޗްޑީސީގެ އޮފިޝަލުން މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، މާލޭގެ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި 1،000 ގޯތި އަދި ގުޅީފަޅުން 2،000 އާއި ގިރާވަރު ފަޅު ހިއްކައިގެން 2،000 ގޯތި ދޫކުރާނެ ކަމަށެވެ.