Roadha Mihaaru
ޓެޕްކޮންގެ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު 5000ރ

ކޮންމެ ހަފުތާއަކު 5،000ރ ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން އިން ފަށައިފި

28 އެޕްރީލް 2017

މި އަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން ކޮންމެ ހަފުތާއަކު 5،000ރ. ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން ހާޑްވެއާ އިން ފަށައިފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

މި އަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން ކޮންމެ ހަފުތާއަކު 5،000ރ. ލިބޭ ޕްރޮމޯޝަނެއް ޓެޕްކޮން ހާޑްވެއާ އިން ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ސާމާނު ވިއްކާ ޓެޕްކޮންގެ ފިހާރަތަކުން 1،000 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަަށް ކޫޕަނެއް ލިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އަންނަ މޭ 27 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތިދުވަހުގެ ރޭ ގުރުނަގާނެ އެވެ. އަދި ނަސީބުވެރިޔާ އަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ޓެޕްކޮން އިން ބުންޏެވެ.

ޓެޕްކޮން ހާޑްވެއާގެ ޕްރޮމޯޝަންގެ ފުރަތަމަ ގުރު ނެގުން ރޭ ކުރިއަށް ގެންދަނީ: އަންނަ ރޯދަމަހަށް ޚާއްސަ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މޭ 27 ގެ ނިޔަލަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި ޕްރޮމޯޝަންގެ ފުރަތަމަ ގުރު ނެގުން ރޭގައި ބާއްވާފައިވާއިރު، އެ ހަފުލާ ފޭސްބުކް ލައިވް އިން ވެބްކާސްޓް ވެސް ކުރި އެވެ.

ޓެޕްކޮން އިން ބުނީ ކޫޕަންގައި ފާހަގަކޮށްފައިވާ ކިއުއާރް ކޯޑް، މޯބައިލް ފޯނުން ސްކޭން ކޮށްލުމުން ވެބްކާސްޓް ފެންނާނެ ކަމަށެވެ.

ޓެޕްކޮން ހާޑްވެއާގެ ޕްރޮމޯޝަންގެ ފުރަތަމަ ގުރު ނެގުން ރޭ ކުރިއަށް ގެންދަނީ: އަންނަ ރޯދަމަހަށް ޚާއްސަ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މޭ 27 ގެ ނިޔަލަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޓެޕްކޮން ހާޑްވެއާގެ ޕްރޮމޯޝަންގެ ފުރަތަމަ ގުރު ނެގުން ރޭ ކުރިއަށް ގެންދަނީ: އަންނަ ރޯދަމަހަށް ޚާއްސަ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މޭ 27 ގެ ނިޔަލަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޓެޕްކޮން ހާޑްވެއާ އިން ވަނީ ރޯދަމަހާ ދިމާކޮށް އިތުރު މުދާ ވެސް ގެނެސްފަ އެވެ.

ތަށިމުއްޓާއި ފާހާނާ ފިޓިންސް އާއި ފެންވަޔަރު ކުރާ ސާމާނުގެ އިތުރުން ގެދޮރު ޒީނަތްތެރިކުރަން ބޭނުންކުރާ ގިނަ ސާމާނު ވެސް އެތަނުން ލިބެން ހުރެ އެވެ.