Roadha Mihaaru
ފަސް ލައްކަ ރުފިޔާގެ ޕްރޮމޯޝަނެއް ސީގިއާ އިން ފަށައިފި

ފަސް ލައްކަ ރުފިޔާގެ ޕްރޮމޯޝަނެއް ސީގިއާ އިން ފަށައިފި

17 އެޕްރީލް 2017

އޮޑިދޯނިފަހަރަށް އަމާޒުކޮށް، ފަސް ލައްކަ ރުފިޔާގެ އަގު ހުރި ޕްރޮމޯޝަނެއް ސީ ގިއާ އިން މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

އޮޑިދޯނިފަހަރަށް އަމާޒުކޮށް، ފަސް ލައްކަ ރުފިޔާގެ އަގު ހުރި ޕްރޮމޯޝަނެއް ސީ ގިއާ އިން މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.

ސީ ގިއާ އިން ބުނީ މި ޕްރޮމޯޝަންގައި ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށެވެ. އަދި ބައެއް އެއްޗެހިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ތަނުން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ސީ ގިއާ އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. މޭ 14 އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަން ނިމުމާ އެކު، ގުރުއަތު ނަގައިގެން އެއް ވަނަ އަށް އަންނަ ފަރާތަކަށް 10 ފޫޓުގެ ފައިބަ ލޯންޗެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ. ދެ ވަނަ އިނާމަކަށް އޮތީ މެރިން ރެފްރިޖިރޭޓަރެކެވެ. ތިން ވަނަ އަށް ލިބެނީ އިލެކްޓްރިކް އައުޓްބޯޑް އިންޖީނެކެވެ.

އޭގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިޔަކު ހޮވާ، އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާމާނަށް ހާއްސަ ސީ ގިއާ ހުޅުވީ 2014 ގަ އެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ބްރޭންޑްތަކެއްގެ އުފެއްދުން އެ ފިހާރަ އިން ވިއްކަ އެވެ.