16 އެޕްރީލް 2017
ސްވައިން ފްލޫގެ ސަބަބުން ހާލު ސީރިއަސްވި އަންހެންމީހާ އާއި އޭނާގެ ދަރިފުޅަށް މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އަންހެންމީހާ ގެ އަށް ދޫކޮށްލައިފި އެވެ.
ސްވައިން ފްލޫގެ ސަބަބުން ހާލު ސީރިއަސްވި އަންހެންމީހާ އާއި އޭނާގެ ދަރިފުޅަށް މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އަންހެންމީހާ ގެ އަށް ދޫކޮށްލައިފި އެވެ.
ށ. ފުނަދޫގައި ދިރިއުޅޭ އަންހެންމީހާ މާލެ ގެނައީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، މި މިދިޔަ މަހުގެ ކުރީކޮޅު އެވެ. އަދި ހާލު ސީރިއަސްވެ އޭގެ ދުވަސްކޮޅެއް ފަހުން، ބަނޑަށް ފަސް މަހުގައި ސިޒޭރިއަން ހަދައިގެން ދަރިފުޅު ވަނީ ނަގައިފަ އެެވެ.
އޭރުން ފެށިގެން ދެ މައިންނަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އެކަމަކު ފުނަދޫ ރަށު ކައުންސިލުން ބުނިގޮތުގައި އަންހެންމީހާ ގެއަށް ދޫކޮށްލި ނަމަވެސް ދަރިފުޅު އަދިވެސް އޮތީ އައިސީޔޫގަ އެވެ. ދެމައިންގެ ހާލު ވެސް ސީރިއަސް ނޫން ކަމަށް އެތަނުން ބުންޏެވެ.
"ހާލު ސީރިއަސް ނޫން ނަމަވެސް މުޅިން ރަނގަޅެއް ނޫން. އަންހެންމީހާ 20 ދުވަސް ދުވަސް ފަހުން އަދި ޑޮކްޓަރަށް ދައްކަން ޖެހޭ. އެއަށް ފަހު އޭނާ އަށް އަދި ރަށަށް ވެސް އާދެވޭނީ،" ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި އެވެ.
ސްވައިން ފްލޫ ޖެހިގެން މާބަނޑު މީހަކު މަރުވެފައިވާއިރު މި ބަލި ޖެހުނު އިތުރު ހަ މީހަކު ވެސް މަރުވި އެވެ. އެ ރޯގާ އަށް 546 މީހަކު ޓެސްޓްކުރިއިރު 199 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 35 މީހަކަށް ވަނީ ފަރުވާ ދީފަ އެވެ.
މަރުގެ ތުންފަތްމަތިން ސަލާމަތްވި މާބަނޑުމީހާ
އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ހުއްޓާލައިފި
ސްވައިން ފްލޫ ޖެހުނު މާބަނޑު މީހަކު މަރުވެއްޖެ
ތާޖުއްދީންގައި ހުރި ފްލޫ ކްލިނިކް އައިޖީއެމްއެޗަށް
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ރޭ މަރުވީ އެހެން ބައްޔަކަށް ފަރުވާ ހޯދާ މީހެއް
މާބަނޑުމީހާ ހުން އައީ މާލެ އައިސް ހުއްޓާ: ކައުންސިލް
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
ޗުއްޓީގައި ތިބި ޑޮކްްޓަރުން ވެސް ޑިއުޓީ އަށް ނެރެފި
ހުމުގެ ކްލިނިކުގައި 24 ގަޑިއިރު ހިދުމަތް ދޭނެ