Roadha Mihaaru
ސްވައިން ފްލޫ ޖެހުނު މާބަނޑު މީހަކު މަރުވެއްޖެ

ސްވައިން ފްލޫ ޖެހުނު މާބަނޑު މީހަކު މަރުވެއްޖެ

26 މާޗް 2017

ސްވައިން ފްލޫ ޖެހިގެން މާބަނޑު އަންހެނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ސްވައިން ފްލޫ ޖެހިގެން މާބަނޑު އަންހެނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.

މިއީ، ސްވައިން ފްލޫ ޖެހިގެން އައިޖީއެމްއެޗްގައި ވަރަށް ކުރިން ފެށިގެން ފަރުވާ ދެމުން އައި މާބަނޑު އަންހެން މީހާއެއް ނޫނެވެ. އެކަމަކު މަރުވި މީހާ އާ ބެހޭ މައުލޫމާތު އެތަނަކުން ނުދެ އެވެ.

މިއީ ސްވައިން ފްލޫގައި މަރުވި 5 ވަނަ މީހާ އެވެ.

އައިޖީއެމްއެޗުން ބުނީ މާޗް 5އިން ފެށިގެން އޭނާ އަށް ފަރުވާދެމުން އަންނަ ކަމަށާއި އެއީ 29 އަހަރުގެ މީހެއް ކަމަށެވެ.

ސްވައިން ފްލޫ ކޮންޓްރޯލް ނުވެ ފެތުރެމުން ދިޔަ ނަމަވެސް ސްކޫލްތައް މިއަދު ވަނީ ހުޅުވައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން ސްވައިން ފްލޫ ފެތުރޭ މިންވަރު އަދިވެސް ދަނީ ބާރު ސްޕީޑުގައި މައްޗަށެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 185 މީހަކު ވަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 31 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.