ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތޮއްޔިބު ޝަހީމް ދޫކޮށްލުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. މި އަމުރާ އެކު ތޮއްޔިބު ވަނީ މިނިވަން ވެފަ އެވެ.
ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތޮއްޔިބު ޝަހީމް ދޫކޮށްލުމަށް ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. މި އަމުރާ އެކު ތޮއްޔިބު ވަނީ މިނިވަން ވެފަ އެވެ.
ތޮއްޔިބުގެ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ތޮއްޔިބު ދޫކޮށްލީ ތިން ޝަރުތަކާ އެކު ކަމަށެވެ. އެއީ ދިވެހި ދައުލަތް ބަދުނާމް ނުކުރުމާއި ފުލުހުންނަށް އެއްބާރުލުން ދިނުން އަދި ރަށުން ބޭރަށް ނުދިއުމެވެ.
"ހައި ކޯޓުގެ ހުކުމުގައި އޮތީ ތޮއްޔިބު މިއަދު ދޫކޮށްލުމަށް،" މިދިޔަ މަހުގެ 17 ގައި ހައްޔަރުކުރި ތޮއްޔިބުގެ ވަކީލު ވިދާޅުވި އެވެ.
ތޮއްޔިބު ދޫކޮށްލުމުގެ އަމުރު އައީ އޭނާގެ ބަންދުގެ މުއްދަތު މިހާތަނަށް ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާއިރު، އޭގެ ތެރެއިން ދެވަނަ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބަކީ ސަރުކާރަށް ފާޑުކިޔައި އެކިއެކި ވާހަކަ ފަތުރަމުން އައި މީހެކެވެ.
ތޮއްޔިބު ހައްޔަރުކުރުމަކީ ސިޔާސީ ކަމެއް ކަމަށް ބުނެ އޭނާ ވަގުތުން މިނިވަން ކުރުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކުރިން ގޮވާލާފައި ވެ އެވެ.
ތޮއްޔިބުގެ ބަންދު އިތުރުކުރި މައްސަލަ އިސްތިއުނާފަށް
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
ޝާދިޔާ ގޯސްކޮށް ބަންދުކުރިޔަސް ބަދަލު ނަގައިނުދިން
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް