Roadha Mihaaru
ތޮއްޔިބުގެ ބަންދު އިތުރުކުރި މައްސަލަ އިސްތިއުނާފަށް

ތޮއްޔިބުގެ ބަންދު އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފި

30 މާޗް 2017

ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް އިތުރުކުރަން ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް އިތުރުކުރަން ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ތޮއްޔިބު މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދިން އަށް ދުވަހުގެ މުއްދަތު ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ވަނީ ދީފަ އެވެ.

ތޮއްޔިބަކީ ސަރުކާރަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ތަފާތު މައުލޫމާތުތައް އާންމު ކުރަމުންދާ މީހެކެވެ. ސަރުކާރުގެ އެކި ކަންކަމާ ގުޅޭ ގޮތުން ވަރަށް ގިނަ، އާންމު ނޫން މައުލޫމާތު ޓްވިޓާ މެދުވެރިކޮށް ތޮއްޔިބު އާންމުކުރެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ތޮއްޔިބު ހައްޔަރުކުރުމަކީ ސިޔާސީ ކަމެއް ކަމަށް ބުނެ އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލައިފަ އެވެ.